Last Updated: June 5, 18:06
Friday, June 5, 2026
ޚަބަރު

މަސްވެރިންގެ ފުރަތަމަ ތެޔޮ ޝެޑް ދުވާފަރުގައި

މަސްވެރިންނަށް އަގު ހެޔޮކޮން ތެޔޮ ފޯރުކޮށް ދިނުމުގެ ގޮތުން ސަރުކާރުން ގާއިމުކޮށް ދިން ފުރަތަމަ އެސްޓީއޯ ފިއުލް ޝެޑް ރ. ދުވާފަރުގައި ހުޅުވައިފި އެވެ.

އެތަން މިއަދު ހުޅުއްވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މަސްވެރިންނަށް ކޮންމެ އަތޮޅަކުން ހެޔޮ އަގުގައި "އެސްޓީއޯ ރޭޓް" ގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުމުގެ ގޮތުން ފެށި މަޝްރޫއެކެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ކޮންމެ އަތޮޅެއްގައި މި އިންތިޒާމު ހަމަޖެއްސުމެވެ.

މަސްވެރިންނަށް ހާއްސަ ފުރަތަމަ ތެޔޮ ޝެޑް ދުވާފަރުގައި ހުޅުވި މި އަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަ ކުރަމުން އަންނަ އެ ރަށުގަ އެވެ. އެގޮތުން ދުވާފަރާއި ރ. އަތޮޅުގައި މަސްްވެރިންގެ ދުވަސް ކަމަށްވާ މި މަހުގެ 10 އިން ފެށިގެން އަންނަނީ ތަފާތު އެކި ހަރަކާތްތައް ހިންގަމުންނެވެ.