Last Updated: June 6, 17:49
Saturday, June 6, 2026
ޚަބަރު

'އިރުން ހަކަތަ' ދުވާފަރުގައި އިފްތިތާހުކޮށްފި

ރ. ދުވާފަރުފައި "އިރުން ހަކަތަ" ގެ ނަމުގައި އިޔާދަކުރަވި ހަކަތައިގެ މަޝްރޫޢެއް އިފްތިތާހުކޮށްފި އެވެ.

އެ މަޝްރޫއު އިފްތިތާހުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދުވާފަރަށް ފެއްޓެވި ދަތުރުގެ ތެރެއިންނެވެ.

"އިރުން ހަކަތަ" މި މަޝްރޫޢު ފައްޓަވައި ދެއްވީ ލޯކަލް މިނިސްޓަރު އާދަމް ޝަރީފު އުމަރެވެ. މި މަޝްރޫއު ކުރިއަށް ގެންދާނީ އެމްޑަބްލިއުއެސްސީންނެވެ.

އެގޮތުން ދުވާފަރުގައި އުފައްދާ ކަރަންޓުގެ 33 ޕަސެންޓްގެ އަންނަ އަހަރުގެ ނިޔަލަށް އިޔާދަކުރަނި ހަކަތައަށް ބަދަލުކުރާނެ އެވެ.
އެގޮތުން ރަށުގެ ގޭބީސީތަކަށް ހިޔާދަކުރަނިވި ހަކަތައިގެ މަންފާ ލިބި، ކަރަންޓު ބިލް ކުޑަކުރުމަށް މަގު ފަހިވާނެއެވެ.

މަޝްރޫއު އިފްތިތާހު ކުރުމާއެކު ދުވާފަރުގެ ގޭބީސީތަކުގައި ސޯލާ ޕެނަލް ޖަހަން ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ. އަދި އެކަމަޑް އެކަމަށް ހާއްސަ "އިރުން ހަކަތަ" ޕޯޓަލް ވެސް މިއަދު އިފްތިތާހުކޮށްފައިވެ އެވެ.