Last Updated: July 24, 18:15
Friday, July 24, 2026
ޚަބަރު

ދުވާފަރު ސްޕޯޓްސް ކޮމްޕްލެކްސް ހަދަން ހަވާލުކޮށްފި

ރ. ދުވާފަރުގެ ސްޕޯޓްސް ކޮމްޕްލެކްސް ހަދަން މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) އާ ހަވާލުކޮށްފި އެވެ.

މިކަމުގެ އެއްބަސްވުމުގައި މިއަދު އެ ރަށުގައި ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޢަބްދުﷲ ރާފިއު އެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދެވެ.

މީގެ ކުރިން ވެސް އެމްއޭސީއެލާ ބައެއް ސަރަހައްދުތަކުގެ ސްޕޯޓްސް ކޮމްޕްލެސް ހަދަން ހަވާލުކޮށްފައިވެ އެވެ.

ރާއްޖޭގެ ހަ ރީޖަނެއްގައި ސްޕޯޓްސް ކޮމްޕްލެކްސްތައް ގާއިމުކުރުމަށް ނިންމާފައިވާއިރު މިއީ ކުޅިވަރުގެ ދިގު ރާސްތާ ޕްލޭންގައި ހިމެނޭ ކަންކަން ހާސިލު ކުރުމާއި، ފެންވަރު ރަނގަޅު ކުޅުންތެރިން ބިނާކުރުމަށް ކުރެވޭ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއެކެވެ.