Last Updated: June 6, 17:49
Saturday, June 6, 2026
ޚަބަރު

އާރްޓީއެލްގެ ބަހުގެ ހިދުމަތް ދުވާފަރަށް

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ދަށުން ރ. ދުވާފަރުގައި ބަސް ދަތުރުގެ ހިދުމަތް ފަށައިފި އެވެ.

އެ ހިދުމަތް އެ ރަށުގައި ފައްޓަވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ހަތަރުހާހަށް ވުރެ ގިނަމީހުންގެ އާބާދީއެއް ދިރިއުޅޭ ދުވާފަރުގައި އާރްޓީއެލް ބަހުގެ ޚިދުމަތް ފެށުމާއެކުރަށުގައި ދިރިއުޅޭ ރައްޔިތުންނަށް އެއްގަމު ތުރުފަތުރު ކުރުމުގައި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.

ބައެއް ސިޓީތަކާއި އާބާދީ ބޮޑެތި ބައެއް ރަށްރަށުގައި މިހާރުވެސް އަންނަނީ އާރްޓީއެލް ބަހުގެ ހިދުމަތް ދެމުންނެވެ. މިއި އެމްޓީސީސީ މެދުވެރިކޮށް ދޭ ހިދުމަތެކެވެ.

އާރްޓީއެލްގެ ދަށުން އެންމެ ފުޅާކޮށް ދެނީ ފެރީގެ ހިދުމަތެވެ.