Last Updated: June 6, 20:36
Saturday, June 6, 2026
މުނިފޫހިފިލުވުން

އަނެއްކާ ވެސް 2 އަކްޝޭ އެކީގައި

ބޮލީވުޑްގެ ތަރިން ކަމަށްވާ އަކްޝޭ ކުމާރާއި އަކްޝާ ކަންނާ އަހަރުތަކެއް ފަހުން އަނެއްކާ ވެސް އެކީގައި މަސައްކަތް ކުރަން ހަމަޖެހިއްޖެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ދެ އެކްޓަރުންގެ އާ ފިލްމަކީ އަކްޝޭ ކުމާރާއި ގޯވިންދާ މުހިއްމު ރޯލުތަކެއް ކުޅުނު 2006 ގެ ކާމިޔާބު ކޮމެޑީ "ބަގަމް ބާގް" ގެ ސީކްއެލް އެވެ. އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ޝޫޓިން ފަށަން ޕްލޭންކޮށްފައިވާ ފިލްމުގެ ޑައިރެކްޝަނާ މި ފަހަރު ހަވާލުވެފައި ވަނީ "ޑްރީމް ގާލް" ގެނެސްދިން ރާޖް ޝާންޑަލިއާ އެވެ.

ލާރާ ދައްތާ އާއި ތަނޫޝްރީ ދައްތާ ބަތަލާއިިންގެ ރޯލު ކުޅުނު "ބަގަމް ބާގް" އަކީ ޕްރިޔަދަރުޝަން ޑައިރެކްޓްކުރި ފިލްމެކެވެ.

މީޑިއާތަކުން ބުނީ "ބާގަމް ބާގް 2" ގެ ބަތަލާ އަކީ ދެކުނުގެ ބަތަލާ މީނާކްޝީ ޗައުދަރީ ކަމަށެވެ. ރިޕޯޓްތައް ބުނާ ގޮތުން ޖޯން އަބްރަހަމްގެ "ފޯސް 3" ގެ އިތުރުން ޓައިގާ ޝްރޮފާ އެކީ ވެސް ފިލްމެއް ކުޅެން ވެސް އޭނަ އަށް ފުރުސަތު ލިބިފައިވެ އެވެ.

އަކްޝޭ އާއި އަކްޝޭ ކުރިން އެކީގައި ކުޅުނު ފިލްމަކީ ފަރާ ޚާން ޑައިރެކްޓްކޮށް 2010 ގައި ގެނެސްދިން "ތީސް މާރް ޚާން" އެވެ. ކުރީގެ އެކްޓަރު ވިނޯދް ކަންނާގެ ދަރިފުޅު އަދި މިހާރު އާންމުކޮށް ސަޕޯޓިން ރޯލުތައް ކުޅޭ އަކްޝޭގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 5 ގައި ރިލީޒްކުރި "ދުރަންދާރު" އެވެ.

މީގައި އޭނަ ކުޅުނު ޕާކިސްތާންގެ ގޭންސްޓާރެއް ކަމަށްވާ ރަހްމާން ދަކައިތުގެ ރޯލު ކުޅެފައިވާލެއް މޮޅުކަމުން ފިލްމުގެ އެހެން ކާސްޓުންގެ ރޯލުތަކަށް ހިޔަނި އެޅިފައިވާކަމުގެ ވާހަކަ މީޑިއާތަކުގައި އަންނަނީ ވަރަށް ގަދައަށް ދެކެވެމުންނެވެ.