Last Updated: June 6, 18:54
Saturday, June 6, 2026
ޚަބަރު

ފޭކް ވިސާގައި ބިދޭސީ އެތެރެކުރި މީހަކު ޖަލަށް

ފޭކް ވިސާގައި ރާއްޖެ އަށް ބިދޭސީން ގެނެސް މަނީލޯންޑާ ކުރުމުގައި އިސްކޮށް އުޅުނު ބަނގްލަދޭޝް މީހާ ދެ އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ޝަހާދަތު ހުސެއިން، 34، އަކީ 2014 އިން ފެށިގެން ހަތަރު ވޯކް ޕާމިޓެއްގައި ރާއްޖޭގައި އުޅެމުން އައި މީހެކެވެ. އަދި 2019 އިން ފެށިގެން ބޭންކް އޮފް މޯލްޑިވްސްގައި އޭނާގެ ނަމުގައި ހަ އެކައުންޓެއް ހުޅުވާފައިވެ ފައެވެ. ނަމަވެސް އޭނާގެ ވޯކް ޕާމިޓުން އެނގޭ ގޮތުގައި ޝަހާދަތު އެންމެފަހުން މަސައްކަތްކޮށްފައި ވަނީ އޮފީހެއްގެ އޮފީސް ބޯއިއެއްގެ މަގާމުގައެވެ. މުސާރައިގެ ގޮތުގައި ލިބެނީ މަހަކު 3،000 ޑޮލަރެވެ.

އެކަމަކި ޝަހާދަތު މާލޭގައި އުޅުނީ 18،000 ރުފިޔާއަށް ދެ ކޮޓަރީގެ އެޕާޓްމެންޓެއް ނަގައިގެންނެވެ. އޭނަ ގެންގުޅޭ ފޯނާއި ލެޕްޓޮޕުން އެކި ކުންފުނީގެ ރަޖިސްޓްރީއާއި ލޯގޯ، ސްޓޭމްޕާއި ވޯކް ޕާމިޓް ކޯޓާ ނެގުމަށް ބޭނުންވާ ޑޮކިއުމެންޓުތަކާއި ބިދޭސީންގެ ޕާސްޕޯޓުގެ އިތުރުން ދިވެހި އައިޑީކާޑުތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައިގައި ޝަހާދަތުގެ މައްޗަށް ފަސް ދައުވާއެއް އުފުލި ވެ. އެއީ މަނީލޯންޑަރިން އާއި ރިޝްވަތު ދިނުމާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާގެއެ އިތުރުން އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ދެ ދައުވާއެކެވެ.

މި ދައުވާތަކަށް ޝަހާދަތު އެއްބަސްވެ، ދައުލަތާ އެކު ވަނީ އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފަ އެވެ. އެހެންވެ އޭނަގެ މައްޗަށް އުފުލީ ، ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާގެ އިތުރުން އެނގި ހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ދެ ދައުވާ ދައުލަތުން އަނބުރާ ގެންގޮސްފައިވެ އެވެ. އަދި ދެން ހުރި ދައުވާތަކުގެ އަދަބު ކުޑަކޮށްފައިވެ އެވެ.

އަދަބު ކުޑަކުރުމުން މަނީލޯންޑަރިންގެ ދައުވާގައި ޝަހާދަތުގެ މައްޗަށް އިއްވީ ދެ އަހަރާއި ހަ މަހަށް ޖަލަށްލުމާ އެކު 53،400ރ، ޔާއިން ޖޫރިމަނާކު ރުމަށެވެ. އަދި ރިޝްވަތު ދިނުމުގެ ދައުވާގައި އިއްވީ ހަ މަހަށް ޖަލަށްލުމާ އެކު 21،600ރ. އިން ޖޫރިމަނާ ކުރުމަށެވެ.

ޖޫރިމަނާގެ ފައިސާ ހަ މަސް ދުވަހުން ދައްކައި ހަލާސް ކުރަން ޖެހެ އެވެ.