Last Updated: June 6, 20:36
Saturday, June 6, 2026
މުނިފޫހިފިލުވުން

ބަތަލާ އެމީ ޝޫމާގެ ކައިވެނި ނިމުމަކަށް

ހޮލީވުުޑްގެ ބަތަލާ އެމީ ޝޫމާގެ ކައިވެނި ނިމުމަކަށް ގެންނަން ނިންމައިފި އެވެ.

ދަރިޔަކު ވެސް ލިބިފައި ވަނިކޮށް 7 އަހަރުވީ ކައިވެނި ރޫޅައިލަން ނިންމިކަން އެމީ ވަނީ އިންސްޓަގްރާމް ޕޯސްޓެއްގައި އިއުލާންކޮށްފަ އެވެ. އޭގައި އޭނަ ބުނީ ކައިވެނި ރޫޅައިލަން ނިންމުމަކީ ފަސޭހަ ނިންމުމެއް ނޫން ކަމަށާއި ވަރިވާން ނިންމި ނަމަވެސް ފިރިމީހާއާ ދެ މީހުން އެކަކު އަނެކަކު ވަރަށް ލޯބިވާ ކަމަށެވެ.

އަދި ކައިވެނި ނިމުމަކަށް އަޔަސް 6 އަހަރުގެ ފިރިހެން ދަރިފުޅުގެ ޒިންމާތަކުގައި ދެ މީހުން އެއްވަރަކަށް ހިއްސާވާނެ ކަމަށް އެމީ ބުންޏެވެ. އެމީ، 44، އާއި ޝެފެއް ކަމަށްވާ ކްރިސް ފިޝާ، 45، ކައިވެނިކުރީ 2018 ގަ އެވެ.

އެމީ އަކީ ހޮލީވުޑްގެ ނުޒޫފު ގަދަ ބަތަލާއެއްގެ އިތުރުން ސްޓޭންޑަޕް ކޮމީޑިއަކުންނެވެ. އޭނަގެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "ސްނެޗްޑް" އާއި "އައި ފީލް ޕްރިޓީ" އަދި "ދަ ހިއުމަންސް" ހިމެނެ އެވެ.

އެމީގެ އެންމެ ފަހުގެ ފިލްމަކީ އޭނަ ސްކްރީންޕްލޭގައި ހިއްސާވި މި އަހަރުގެ ފެބްރުއަރީގައި ރިލީޒްކުރި ކޮމެޑީ "ކިންޑާ ޕްރެގްނަންޓް" އެވެ.