ހއ. ކެލާގައި ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ފަށައިފި އެވެ.
އިމިގްރޭޝަނުން ބުނީ މިހާރު ހއ. އަތޮޅުން ޕާސްޕޯޓު ނަގަން ބޭނުންވާ ފަރާތްތަކަށް 'ކަލެކްޝަން ޕޮއިންޓް' ގޮތުގައި މިހާރު ދިއްދު އާއި އިހަވަންދޫގެ އިތުރުން އަދި ކެލާ އިިން ލިބޭނެ ކަމަށެވެ.
އަތޮޅު ތެރޭގެ ރަށަށަށް ޕާސްޕޯޓް ހިދުމަތް ފުޅާ ކުރުމުގެ ގޮތުން މިހާރު ހުރިހާ އަތޮޅެއްގައި ވެސް ވަނީ ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ދެމުންނެވެ. އެގޮތުން ވަރަށް ގިނަ ރަށްރަށުގައި ކަލެކްޝަން ޕޮއިންޓްތައް ގާއިމުކޮށްފައިވެ އެވެ.