Last Updated: June 6, 20:36
Saturday, June 6, 2026
ޚަބަރު

ހައި ކޯޓަށް 2 ފަނޑިޔާރުން ހޯދަނީ

ހައި ކޯޓަށް ފަނޑިޔާރުން ހޯދަން އިއުލާންކޮށްފި އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރި އިއުލާނެއްގައި ބުުނީ ދެ ފަނޑިޔާރުން ބޭނުންވާ ކަމަށެވެ.
ހައި ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެވޭނީ ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ އެ ދެކަމުގައި މަދުވެގެން 5 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާ މީހުންނަށެވެ.

ހައި ކޯޓްގެ ފަނޑިޔާރެއްގެ އަސާސީ މުސާރަ އަކީ 45700ރ. އެވެ. މީގެ އިތުރުން ލިވިން އެލަވަންސަށް މަހަކު 18000ރ. އާއި ރިސްކް އެލަވަންސަށް މަހަކު 3300ރ. ލިބޭނެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން މެޑިކަލް އެލަވަންސާއި ފޯނު އެލަވަންސް ވެސް ލިބޭނެ އެވެ.

އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 21 އާ ހަމައަށެވެ.

ހައިކޯޓަށް ފަނޑިޔާރުން ހޯދަން އިއުލާންކޮށްފައި ވަނީ އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނި ވަޑައިގެންނެވި އެންމެ ދުވަސްވީ ފަނޑިޔާރު، މުހައްމަދު ނިޔާޒް ފަނޑިޔާރުކަމުން ރިޓަޔަ ކުރައްވައި، ފަނޑިޔާރުކަމުގައި ހުންނެވި މުހައްމަދު ފައިސަލް ދާދި ފަހުން އިސްތިއުފާ ވެސް ދެއްވާފައި ވަނިކޮށެވެ.