Last Updated: June 5, 18:06
Friday, June 5, 2026
ޚަބަރު

މަރުވި ސްޓެލްކޯގެ މުވައްޒަފުގެ ހަށިގަނޑު ރާއްޖެ ގެންނަނީ

ކަރަންޓްގައި ޖެހި ފިހުމާ ގުޅިގެން އިތުރު ފަރުވާ ތައިލޭންޑަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ނިޔާވި ސްޓެލްކޯގެ މުވައްޒަފު ވަޅުލާން ހަށިގަނޑު ރާއްޖެ އަށް ގެންނަން ނިންމައިފި އެވެ.

މިދިޔަ މަހުގެ 26 ގައި ސްޓެލްކޯގެ ހުޅުމާލޭގެ ސައިޓްގައި ހިނގި ހާދިސާއާ ގުޅިގެން ފަރުވާ ދެނިކޮށް މަރުވީ ސްޕަވައިޒަރެއްގެ މަގާމުގައި ހުރި އަހުމަދު އަޒްމީލް، 43، އެވެ.

އޭނަ ފަރުވާ އަށް ތައިލޭންޑަށް ގެންދިޔައީ މިދިޔަ މަހުގެ 30 ގަ އެެވެ. ބެންކޮކް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް އަޒްމީލް ނިޔާވީ މި މަހުގެ 11 ގަ އެވެ.

ސްޓެލްކޯ އިން ބުނީ އޭނަގެ ހަށިގަނޑު މާދަމާ ނުވަތަ އަންގާރަ ދުވަހު ރާއްޖެ ގެނެވޭނެ ކަމަށާއި އެކަމުގެ ހުރިހާ އިންތިޒާމުތަކެއް ހަމަޖައްސަމުން އަންނަ ކަމަށެވެ. އަޒްމީލަށް ދިން ފަރުވާގެ ހުރިހާ ހަރަދެއް ކުރީ ވެސް ސްޓެލްކޯއިންނެވެ.