Last Updated: June 6, 18:54
Saturday, June 6, 2026
ޚަބަރު

ޔޫތު ހެކަތޯންގެ އެއް ވަނަ ސީ ސްޓެކަށް

މި އަހަރުގެ ޔޫތު ހެކަތޯންގެ އެއްވަނަ "ސީ ސްޓޭކް" ގެ ޓީމު ހޯދައިފި އެވެ.

ހެކަތޯނގެ ނިމުން ރޭ ފާހަގަކޮށްފައިވާ އިރު އެކަމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ ވަނަތަކަށް ހޮވުނު ޓީމުތަކާ އިނާމު ހަވާލުކޮށްފަ އެވެ.

އެގޮތުން ހެކަތޯނުން އެއްވަނަ އަށް ދިޔަ "ސީ ސްޓޭކް" ޓީމަށް 100،000ރ. ދީފައިވެ އެވެ. އެ ޓީމަށް އިނާމު ހަވާލުކޮށް ދެއްވީ އުރީދޫ މޯލްޑިވްސްގެ ޗީފް އެގެޒެކެޓިވް އޮފިސަރު ހާލިދު އަލް ހަމާދީ އެވެ.

ހެކަތޯންގެ ދެވަނަ ޓީމަކީ "ވޭވް މައިންޑްސް" އެވެ. އެ ޓީމަށް އިނާމުގެ ގޮތުގައި ދިނީ 75،000ރ. އެވެ. ތިން ވަނަ ލިބުނު "ސިކްސް ސެ ވެން" ޓީމަށް ދީފައި ވަނީ 50،000ރ. އެވެ.

ޔޫތު މިނިސްޓްރީން އިންތިޒާމުކުރި "ޔޫތު ހެކަތޯން" ގައި މި އަހަރު ހަތަރު ދާއިރާއަކަށް ހާއްސަކުރި އެވެ. އެއީ ސްޕޯޓްސް ފިޓްނަސް އެންޑް އެކްޓިވް ލައިފްސްޓައިލް އާއި މެންޓަލް ވެލްނެސް އެންޑް ރެސިލެންސް އާއި ޔޫތު ވެންޗަސް އެންޑް ގިގް އިކޮނޮމީ އަދި އާޓްސް ކަލްޗާ އެންޑް ޑިޖިޓަލް ކްރިއޭޓިވިޓީ އެވެ.

ތިން ދުވަހަށް ކުރިއަށް ގެންދިޔަ ހެކަތޯންގައި 80 ޒުވާނަކު ބައިވެރިވި އެވެ. މެދުނުކެނޑި 48 ގަޑި އިރަށް ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ޓިމްތަކުން ތަފާތު ހަތަރު ތީމެއް ޓިކް އޭރިއާއަށް ޕިޗް ނުވަތަ ހުށަހެޅުންތައް ހުށަހެޅި އެވެ.

"ޔޫތު ހެކަތޯން" ގެ މައި ޕާޓްނަރަކީ އުރީދޫ މޯލްޑިވްސް އެވެ. އަދި ކޯ-ޕާޓްނަރަކީ ވިމެން އިން ޓެކް އެވެ.