Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

ޖަލުތަކުން ގުޅާ ނަމަ ރިޕޯޓް ކުރެވޭނެ ގޮތް ހަދައިފި

ޖަލުތަކުގައި ތިބޭ ޤައިދީން ގުޅާ ކަމަށް ޝައްކު ކުރެވޭ ނަމަ އެކަން ރިޕޯޓުކުރުމަށް ކަރެކްޝަނަލް ސާވިސް އިން ޕޯޓަލްއެއް ގާއިމްކޮށްފި އެވެ.

އެތަނުން ބުނީ ޖަލުތަކުގައި ތިބޭ މީހުން އާންމުންނަށް ފޯނު ކޯލު ކުރަމުންދާ ކަމުގެ ޝަކުވާތައް ލިބެމުންދާތީ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ކަރެކްޝަނަށް ރިޕޯޓުކުރުމުގެ ނިޒާމެއް ގާއިމްކޮށްފައިވާ ކަމަށެވެ. އެ ނިޒާމުގެ ތެރެއިން ރިޕޯޓުކުރެވޭ މައްސަލަތައް ކަމާ ގުޅުންހުރި އިދާރާތަކަށް ފޮނުވާ އަދި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ކަރެކްޝަން އިން ބުންޏެވެ.

އެހެންވެ ގައިދީތަކު ކުރާ ކޯލެއް ކަމަށް ޝައްކުވާ ނަމަ ވީހާ ވެސް އަވަހަކަށް ރިޕޯޓްކޮށް ދޭން އެދިފައިވެ އެވެ.