ޑިޒްނީގެ އެންމެ ފަހުގެ އެނިމޭޓެޑް ފިލްމު "ޒޫޓޯޕިއާ 2 ގެ " އާމްދަނީ ބިލިއަނަކަށް އަރައިފި އެވެ.
މިދިޔަ މަހުގެ 26 ގައި ރިލީޒްކުރި މި ފިލްމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް ލިބުނު އާމްދަނީ މިހާރު ވަނީ 1.137 ބިލިއަން ޑޮލަރަށް އަރައިފަ އެވެ. މިއީ އެނިމޭޓެޑް ފިލްމެއްގެ އާމްދަނީ މިހާ އަވަހަށް ބިލިއަން ޑޮލަރު ހުރަސްކުރި ފުރަތަމަ ފަހަރެވެ. "ޒޫޓޯޕިއާ 2" ގެ އާމްދަނީ ބިލިއަނަކަށް އެރީ އެންމެ 17 ދުވަހުގެ ތެރޭގަ އެވެ.
ޖެރެޑް ބުޝް ޑައިރެކްޓްކުރި މި ފިލްމަކީ 150 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމެކެވެ.
"ޒޫޓޯޕިއާ 2" އަކީ 2016 ގައި ގެނެސްދިން "ޒޫޓޯޕިއާ" ގެ ސީކްއެލް އެވެ. އެ ފިލްމަކީ ވެސް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ބޮކްސް އޮފީހުގައި ހުރަސްކުރި ފިލްމެކެވެ. ޖުމްލަ 150 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމުގެ އާމްދަނީ އަކީ 1.025 ބިލިއަން ޑޮލަރެވެ.
"ޒޫޓޯޕިއާ 2" މިހާރު އުތުރު އެމެރިކާގެ ބޮކްސް އޮފީހުގައި ރަސްކަން ކުރަމުން އަންނަ އިރު، އުފާވެރި ޚަބަރަކީ މީގެ ތިން ވަނަ ބައެއް ވެސް ހަދަން ނިންމާފައިވާކަމެވެ.