Last Updated: June 6, 17:49
Saturday, June 6, 2026
ޚަބަރު

ގެ ބަދަލުކުރާ މީހުންގެ އަތުން ނަގާ ފީ ކުޑަކޮށްފި

ފުވައްމުލަކުގެ ރަށްވެހިންގެ ތެރެއިން އެއްގެއިން އަނެއް ގެއަށް ބަދަލުވުމަށް ބޭނުންވާ މީހުންގެ އަތުން ނަގާ ފީ ކުޑަކޮށްފި އެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ބުނީ ރަޖިސްޓްރީވެފައި އޮންނަ ގެ ބަދަލު ކުރަން މިއަދު ފެށިގެން ނަގާނީ 200ރ. ކަމަށެވެ. އެއް ގެއިން އަނެއް ގެއަށް ބަދަލުވާ ބޭނުންވާ މީހުންގެ އަތުން މިހާތަނަށް ނަގަމުން އައީ 500ރ. އެވެ.

ފުވައްމުލަކަކީ 14،000 އަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ސިޓީއެކެވެ. އަދި މިއީ ރާއްޖޭގައި ހަމައެކަނި އެއް އަތޮޅެއްގައި އެންމެ ރަށެއް އޮންނަ ހަމައެކަނި ރަށް ވެސް މެ އެވެ.

ތަރައްގީގެ ގޮތުން ކުރިއަރަމުން އަންނަ ފުވައްމުލަކަކީ މިހާރު ލޯކަލް ޓޫރިޒަމްގައި ވެސް ބާރަށް ކުރިއަރަމުން އަންނަ ތަނެކެވެ. އެ ސިޓީގައި ގެސްޓް ހައުސްވިޔަފާރި ފުޅާވަމުން އަންނަ އިރު، ފުވައްމުލަކަކީ ޑައިވިން އަށް ވަރަށް މަޝްހޫރު ތަނެކެވެ.

ފުވައްމުލަކަކީ ރާއްޖޭގެ އެންމެ ދެކުނުން ދަނޑުވެރިކަމުގައި ވެސް ފާހަގަކޮށްލެވޭ ސިޓީއެކެވެ.