Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

މާލޭގެ ދެ ކައުންސިލަރަކު އަލުން އެމްޑީޕީ އަށް

މާލެ ސިޓީ ކައުންސިލްގެ ދެ މެންބަރަކު އަލުން އެމްޑީޕީ އަށް ސޮއިކޮށްފި އެވެ.

އެއީ ގަލޮޅު ހުޅަނގު ދާއިރާގެ ކައުންސިލަރު، މަރިޔަމް ނާޒިމާ މުހައްމަދު ފާއިޒާއި ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހެވެ.

މި ދެ މީހުން ކައުންސިލަށް އިންތިހާބުވެފައި ވަނީ އެމްޑީޕީގެ ޓިކެޓުގައި ވާދަކޮށްގެންނެވެ. ނަމަވެސް ފަހުން އެ ޕާޓީ ދޫކޮށްލައްވައި ދެ މީހުން ވެސް ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގަތެވެ.

ޑިމޮކްރެޓްސް އަށް ވަޑައިގަތް ވަރަށް ގިނަ ބަޔަކު މި ފަހުން އެ ޕާޓީ ދޫކޮށްލައި އަލުން އެމްޑީޕީއާ މި ފަހުން ގުޅިފައިވެ އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޑިމޮކްރެކްޓްސް އުފެއްދުމުގައި އެންމެ އިސްކޮށް އުޅުއްވި ގިނަ ބޭފުޅުން ވެސް ހިމެނިވަޑައިގަނެ އެވެ.