Last Updated: July 23, 18:20
Thursday, July 23, 2026
ޚަބަރު

2.4 މިލިއަން ރުފިޔާގެ ކެނަބިސް އަތުލައިގެންފި

ރާއްޖެ އަށް އެތެރެކުރި 2.4 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން މިއަދު ބުނީ ވައިގެ މަގުން ރާއްޖެ ގެނައި ތިން ކިލޯގެ މަސްތުވާތަކެތި މިދިޔަ ހޮނިހިރު ދުވަހު އަތުލައިގަތީ ވެލާނާ އެއާޕޯޓުން ކަމަށެވެ. އަދި އެއީ ކެނަބިސް ކަމަށާއި އޭގެ މަގުމަތީގެ އަގު 2.4 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ރާއްޖެ އަށް ވަޔާއި ކަނޑުމަގުން މަސްތުވާތަކެތި އެތެރެ ކުރުމަކީ ވަރަށް އާންމު ކަމެކެވެ. އަދި މިގޮތަށް އެތެރެކުރެވޭ ތަކެތި މިހާތަނަށް އެކި ފަހަރު މަތިން އަތުލައިގެންފައިވެ އެވެ.