Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

ދަރަވަންދޫ އެއާޕޯޓްގެ ޓާމިނަލް ޑިޒައިން ހަދަން ހަވާލުކޮށްފި

ބ. ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް އިތުރަށް ތަރައްގީ ކުރުމަށްޓަކައި ޑިޒައިން އަދި ކޮންސަލްޓެންސީގެ މަސައްކަތް ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

އެ މަސައްކަތް ހަވާލުކުރީ އީޕޯޗް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓާ އެވެ.

އެ އެއާޕޯޓް ހިންގަމުން އަންނަ ކުންފުނި އައިލެންޑް އޭވިއޭޝަން އައިއޭއެސް) ގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާސް އެވެ. އީޕޯޗް އެސޯސިއޭޓްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޢާވިޔަތު އަބްދުއްސައްތާރެވެ.

އެއާޕޯޓުގެ ޑިޒައިންގެ މަސައްކަތް އީޕޯޗްއާ ހަވާލުކުރީ 45 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ކަމަށެވެ. އަދި ޑިޒައިން އެންޑް ކޮންސެޕްޓްގެ މަސައްކަތް ނިމުމާއެކު އެއާޕޯޓު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފަށަން ރާވާފައިވެ އެވެ.

ދަރަވަންދޫ އެއާޕޯޓްގެ ޓާމިނަލް އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތުގެ ދަށުން، އެރައިވަލް ހޯލް މިހާރަ ށްވުރެ ބޮޑުކޮށް ޗެކިން އަދި އެރައިވަލް ބެލްޓްތައް އިތުރުކުރާނެ އެވެ. އަދި ޑިޕާޗާ ހޯލުގައި ކެފޭ ޖާގައެއް އިތުރު ކުރުމާއި ޑިޕާޗަ ގޭޓް އިތުރު ކުރުމަށް ވެސް ހިމަނާފައިވެ އެވެ.

ދަރަވަންދޫ އެއާޕޯޓަކީ 2012 ގައި އޮޕަރޭޝަނަށް ގެނައި އެއާޕޯޓެކެވެ.