Last Updated: July 8, 12:59
Wednesday, July 8, 2026
ޚަބަރު

މާލެއިން އިތުރު 3 ސްޕާއެއް ބަންދުކޮށްފި

މާލޭގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީން އުޅޭ ތިން ސެލޫން/ސްޕާ ބަންދުކޮށްފި އެވެ.

އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ސްޕާ/ސެލޫން ފަދަ ތަންތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް އެ އިދާރާގެ ޓާސްކްފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންގައި ރޭ މާލޭގައި ހިންގަމުންދިޔަ 10 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އަދި އޭގެތެރެއިން ތިން ތަނެއް ބަންދު ކޮށްފައިވާ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ވަނީ މި މަހުގެ ތެރޭގައި އިތުރު މަސާޖު ޕާލާތަކެއް ބަލައިފާސްކޮށް ބިދޭސީންތަކެއް ވެސް ހައްޔަރުކޮށްފަ އެވެ.