Last Updated: June 5, 18:06
Friday, June 5, 2026
ޚަބަރު

ސުނާމީ ރެޑީ ބޯޑުގެ ވައިސް ޗެއާއަަކަށް ލޯކަލް މިނިސްޓްރީ

ޔުނެސްކޯގެ އިންޓަ-ގަވަމެންޓަލް އޯޝަނޯގްރަފިކް ކޮމިޝަން (ޔުނެސްކޯ-އައިއޯސީ) އިން ހިންގާ ސުނާމީ ރެޑީ ރެކަގްނިޝަން ޕްރޮގްރާމް (ޓީއާރްއާރްޕީ) ރާއްޖޭގައި ހިންގުމަށްޓަކައި އުފެއްދި މޯލްޑިވްސް ސުނާމީ ރެޑީ ބޯޑުގެ ވައިސް ޗެއާއަކަށް ސިޓީސް، ލޯކަލް ގަވަރަމަންޓް އެންޑް ޕަބްލިކް މިނިސްޓްރީ ހިމަނައިފި އެވެ.

ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ސުނާމީ ރެޑީ ބޯޑު އެކުލަވައިލުމުގެ މަޤްޞަދަކީ ޔުނެސްކޯ-އައިއޯސީގެ ޓީއާރްއާރްޕީ ޕްރޮގްރާމް ރާއްޖޭގައި ހިންގާ، އެ ޕްރޮގްރާމްގެ ދަށުން ކުރަންޖެހޭ ކަންކަން ވިލަރެސްކުރުމެވެ.

އެ ބޯޑުގައި މިނިސްޓްރީ ތަމްސީލު ކުރައްވާނީ ވައިސް ޗެއާގެ ގޮތުން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އިބްރާހިމާއި ސްޓޭޓް މިނިސްޓަރު އަހުމަދު ރަޝީދެވެ.

މޯލްޑިވްސް ސުނާމީ ރެޑީ ބޯޑުގައި މިނިސްޓްރީ އޮފް ހެލްތާއި، މިނިސްޓްރީ އޮފް ފިނޭންސާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާއި، މޯލްޑިވްސް ޕޮލިސް ސާާވިސް އަދި ދިވެހި ރެޑް ކްރެސެންޓްގެ ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.

ޔުނެސްކޯއިން ކަނޑައަޅައިފައިވާ މިންގަނޑުތައް ފުރިހަމަ ކުރޭތޯ ޔަޤީންކުރުމާއެކު، މިންގަނޑުތައް ފުރިހަމަ ކުރާ ރަށްތަކަށް ޔުނެސްކޯގެ ސުނާމީ ރެޑީ ރެކޮގްނިޝަން ސެޓްފިކެޓް ހޯދައިދިނުމުގެ މަސައްކަތްކުރުން މި ބޯޑުގެ މަސައްކަތުގެ ތެރޭގައި ހިމެނެ އެވެ.

ސުނާމީ ރެޑީ ރެކޮގްނިޝަން ސެޓްފިކެޓް ދިނުމުގައި ޔުނެސްކޯއިން ބަލައި ބައެއް ކަންތައްތަކުގެ ތެރޭގައި ކާރިސީ ޙާލަތުގައި ޢަމަލުކުރާނެ ޕްލޭނެއް އޮތުމާއި، ކުއްލި ޙާލަތުގައި ޙަރަކާތްތެރިވާނެ މީހުން ތަމްރީންކުރުމާއި، ކާރިސީ ޙާލަތެއްގައި ޢަމަލުކުރަންޖެހޭ ގޮތާއި، އެކަމާ ގުޅޭ އިރުޝާދުތައް އާންމުންނަށް ފަސޭހަކަމާއެކު އެނގޭ ގޮތަށް ރަށްރަށުގައި ފެންނަ ގޮތަށް ބެހެއްޓުން ފަދަ ކަންކަން ހިމެނެއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ އަމާޒަކީ ސަރުކާރުން ކަނޑައަޅާފައިވާ 2030 އަންނަން ވާއިރަށް ވިލުންވެރި ރާއްޖޭގެ ލަނޑުދަނޑި ޙާޞިލްކުރުމަށް، ރާއްޖޭގެ ހުރިހާ ރަށަކަށް ޔުނެސްކޯގެ ސުނާމީ ރެޑީ ރެކޮގްނިޝަން ސެޓްފިކެޓް ހޯދައި ދިނުމަށް މަސައްކަތްކުރުމެވެ. އެހެ