Last Updated: June 6, 18:51
Saturday, June 6, 2026
ޚަބަރު

ފުލުހުސް ކޯހުގެ އެއް ވަނަ އަލަށް އަންހެން އޮޕިސަރަކަށް

ފުލުހުންގެ އަސާސީ ތަމްރީން ކޯހުގެ 41 ވަނަ ބުރުގެ އެއް ވަނަ ފުރަތަމަ ފަހަރަށް އަންހެން އޮފިސަރަކު ހޯދައިފި އެވެ.

އައްޑޫ ޕޮލިސް ކޮލެޖްގައި ކުރިއަށް ގެންދިޔަ ކޯހުގެ އެއް ވަނަ ހޯދައި ފުލުހުންގެ ޒަމާންވީ ދިގު ތާރީހުގެ ތެރެއިން ހާއްސަ ޝަރަފެއް ހޯދި އޮފިސަރަކީ ގއ. ގެމަނަފުއްޓަށް ނިސްބަތްވާ އިމްޝާ ޢަބްދުއްލަތީފް، 22، އެވެ.

އޭނަ އަށް ކޯހުގެ އެެއް ވަނައިގެ ހަނދާނީފިލާ ހަވާލުކޮށް ދެއްވީ ރޭ ބޭއްވި ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާނެވެ.

އޮގަސްޓް މަހޫ އައްޑ ޕޮލިސް ކޮލެޖްގައި ހިންގި ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ 41 ވަނަ ބުރުގައި 210 ފުލުހުން ބައިވެރިވިއެވެ. އެކަމަކު ކޯސް ފުރިހަމަ ކުރީ 185 ދަރިވަރުންނެވެ. އޭ ތެރޭގައި ހިމެނެނީ 107 ފިރިހެން ފުލުހުންނާއި 78 އަންހެން ފުލުހެކެވެ.

ފުލުހުންގެ 41 ވަނަ އަސާސީ ތަމްރީނު ކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އިމްޝާ ހޮވުމާ ގުޅިގެން އޭނަ އަށް ކޮމިޝަނާސް އެކްސެލެންސް އެވޯޑް ވެސް ލިބިފައިވެ އެވެ. އެ އެވޯޑު އޭނައާ ހަވާލުކޮށް ދެއްވީ ޕޮލިސް ކޮމިޝަނަރު އިސްމާޢިލް ނަވީނެވެ.

ކޯހުގެ އިންޑޯ އަދި އައުޓްޑޯ މާއްދާތަކުން އެންމެ މޮޅު ދަރިވަރުންނާއި ސްކުއަޑްތަކުން އެންމެ މޮޅު ދަރިވަރުން ވެސް ހޮވާފައިވެ އެވެ. ކޯހުގެ އިންޑޯ މާއްދާތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ސާޖެންޓް މަރިޔަމް ލުއުލުއާ މުޙައްމަދެވެ. އައުޓްޑޯ މާއްދާތަކުން އެއްވަނަ ހޯދީ، ކޮންސްޓަބަލް އަލްޔާ އަހުމަދެވެ.

އައިނެއްލާ ސްކޮޑްގެ އެންމެ މޮޅު ދަރިވަރަކަށް އާމިނަތު ސަމްރާ ހޮވުނު އިރު އަންބަރީ ސްކޮޑްގެ އެންމެ މޮޅު ދަރިވަރަކަށް ކޮންސްޓެބަލް އަނަސް މުޙައްމަދު ޤާސިމް، ބީފާން ސްކޮޑްގެ އެންމެ މޮޅު ދަރިވަރަކަށް ސާޖަންޓް މަރިޔަމް ލާޝާ އާދަމް، ހާޖީ ސްކޮޑްގެ އެންމެ މޮޅު ދަރިވަރަކަށް ސަރޖަންޓް މަރިޔަމް ލުއުލުއާ މުޙައްމަދު އަދި ރަންވިއްކާ ސްކޮޑްގެ އެންމެ މޮޅު ދަރިވަރަކަށް އިމްޝާ ހޮވިފައިވެ އެވެ.

ކޯހުގެ އެންމެ ރަނގަޅު ސްކޮޑަކީ އައިނެއްލާ ސްކޮޑެވެ.