މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ކުޑަތަންވެފައި ވަނިކޮށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރިން ދެއްވި ތަގުގީރެއްގެ އަސްލު އޮޅޭ ގޮތަށް އެޑިކޮށް ގެނެސްދީ އަބުރަށް އަރައިގެންފައިވާ ކަމަށް ބުނެ ޓްރަމްޕް އިނގިރޭސިވިލާތުގެ އެންމެ ނުފޫޒު ގަދަ މީޑިއާ އެޖެންސީ، ބީބީސީ އަށް ދައުވާކޮށްފި އެވެ.
އޭނަ ދައުވާކުރީ ބީބީސީން ގެނެސްދިން ޑޮކިއުމަންޓްރީގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލަށް 10 ބިލިއަން ޑޮލަރު ނަގައި ދިނުމަށް އެދި އެވެ.
މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް، ބީބީސީން ދެއްކި ޑޮކިއުމަންޓަރީގައި ހިމަނާފައި ވަނީ 2020 ގައި ބޭއްވި ރިޔާސީ އިންތިހާބުގައ ދެވަނަ ދައުވަރަކަށް ވާދަ ކުރައްވައި ބަލިވެވަޑައިގަތުމުން ކެޕިޓޮލް ހިލްގައި ހަމަޖެހުންތަކެއް ހިންގަން ހިތްވަރު ދެއްވައި ޓްރަމްޕް ޖެނުއަރީ 6، 2021 ދެއްވި ތަހުގީރެވެ.
ބީބީސީން އެ ގެނެސްދިނީ ޓްރަމްޕް ދެއްކެވި ވާހަކައިގެ އަސްލު އޮޅޭ ގޮތަށް އެޑިޓްކޮށް ކަމަށް ބުނެ ކުރި ތުހުމަތުތަކާ ގުޅިގެން އެ މައްސަ،ލަ ހޫނުވެ، ބީބީސީގެ ޗީފް އެގްޒެކެޓިވް ޓިވް ޑޭވީ އިސްތިއުފާ ވެސް ދެއްވި އެވެ. އަދި ބީބީސީން މައާފަށް ވެސް އެދިފައިވެ އެވެ. އެކަމަމު އެ ޑޮކިއުމަންޓްރީގެ ސަބަބުން ޓްރަމްޕަށް އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށާއި އޭނަ މިދިޔަ އަހަރުގެ އިންތިހާބު ކުރެއްވި ކަމަށް ބީބީސީން ފާހަގަކޮށްފައިވެ އެވެ.
އެހެމްވެ އެ މައްސަލައިގައި ބަދަލެއް ދޭން ޖެހޭ ކަމަށް ގަބޫލު ނުކުރާ ޖަމަށް ބީބީސީން ބުނެފައިވެ އެވެ.