Last Updated: June 5, 18:06
Friday, June 5, 2026
ޚަބަރު

ލަންކާގައި ދިވެހިންނަށް މިހާރު އައިޑީ ކާޑު ހެދޭނެ

ސްރީ ލަންކާގައި ދިވެހިންނަށް އައިޑީ ކާޑު ހަދައި ދިނުމުގެ ހިދުމަތް ފަށައިފި އެވެ.

ރާއްޖޭގެ އެންމެ އަަވައްޓެރި އެއް ގައުމު ކަމަށްވާ ލަންކާ އަކީ މި ހިދުމަތް ފެށި ދެވަނަ ގައުމެވެ. ދިވެހި އައިޑީ ކާޑު ހަދައި ދިނުމުގެ ހިދުމަށް އެންމެ ފުރަތަމަ ފެށީ މެލޭޝިއާގަ އެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން ޑީއެންއާރް) އިން ބުނީ ލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން މިހާރު އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ފެށުމާއި ގުޅިގެން އެ ގައުމުގައި ދިރި އުޅުއްވާ ދިވެހި ރައްޔިތުންނަށް، އައިޑީ ކާޑު ލިބުން އަވަސްވެގެން ދާނެ ކަމަށެވެ.

ލަންކާ އަކީ ދިވެހިން އެންމެ ގިނައިން ދިރިއުޅޭ ގައުމެވެ.

ދެން އެންމެ އަވަހަށް ދުވެހިންނަށް އައިޑީ ކާޑު ހަދައި ދޭން ފަށާނީ އިނގިރޭސިވިލާތު އެވެ. މި ހިދުމަތް އިންޑިއާގައި ވެސް ދޭން ނިންމާފައިވެ އެވެ.

އައިޑީ ކާޑުގެ ހިދުމަތް މުޅި ރާއްޖެ އަށް ފުޅާކޮށްފައިވެ އެވެ.