ފާއިތުވި ވިއްސަކަށް އަހަރު ހިރާއްޖެ ވަނީ ތަޢުލީމީ ދާއިރާއިން ފާހަގަކޮށްލެވޭ މުހިންމު ކުރިއެރުންތަކެއް ހޯދައިފަ އެވެ. މީގެ ތެރޭގައި ލިޔަންކިޔަން ދަންނަ މީހުންގެ ނިސްބަތް މަތިވެ، މަދަރުސީ ތަޢުލީމަށް ދަރިވަރުން ވެއްދުމުގެ ނިސްބަތް ފުޅާވެގެން ދިއުން ހިމެނެއެވެ. މީގެ އިތުރުން، ދިވެހި ދަރިވަރުން ދަނީ ސާނަވީ ތަޢުލީމާއި ޔުނިވަސިޓީ ފެންވަރުގެ އިމްތިޙާނުތަކުން މަތިވެރި ގިނަ ނަތީޖާތަކެއް ހޯދަމުންނެވެ. އަދި ބައެއް ދަރިވަރުން ދަނީ ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ދިރާސީ ކާމިޔާބީތައް ހޯދައި، ސްކޮލަޝިޕްތަކާއި އެކިއެކި ޝަރަފުވެރި ވަނަތައް ވެސް ހޯދަމުންނެވެ.
އެހެން ނަމަވެސް، ފެންނަމުންދާ މިފަދަ ކުރިއެރުންތަ ކާއެކު ވެސް، ރާއްޖެ އަށް ވަނީ ދުނިޔޭގެ ފެންވަރުގައި ނުފޫޒު ގަދަ، އީޖާދީ ވިސްނުންތަކެއް އުފެއްދުމުގެ ޤާބިލުކަން ހުރި، އަދި މުޖުތަމަޢަށް ހެޔޮ ބަދަލުތައް ގެނެވޭނެ ޝަޚްސިއްޔަތުތައް ބިނާ ކުރުމުގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފަ އެވެ. އެހެނީ، ލިބޭ ހަމައެކަނި އެކަޑެމިކް ކާމިޔާބީތަކަކީ، މުޖުތަމަޢުއެއް ފުރިހަމަ އީޖާދީ ޤާބިލުތަ ނަކަށް ބަދަލުކުރުމަށް އެކަށީގެންވާނެ ސަބަބެއް ނޫނެވެ.
ވުމާއެކު، ހަރުދަނާ މަދަރުސާތަކާއި ހުނަރުވެރި ދަރިވަރުން ތިބި ޤައުމަކަށް އީޖާދީ ކަންކަމަށް ބާރުއަޅާ މާހައުލެއް ބިނާ ކުރުމުގައި ކާމިޔާބު ނުހޯދެނީ ކީއްވެގެންތޯ ސުވާލު އުފެދެއެވެ؟
މި މައްސަލައިގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ދިވެހި ތަޢުލީމީ ނިޒާމު ބައްޓަންވެފައިވާ ގޮތް ފާހަގަ ކުރެވެ އެވެ. ދިވެހި މަދަރުސާތަކުން އެންމެ ބޮޑަށް އިސްކަންދެނީ ފޮތްތަކުގައިވާ މައުލޫމާތުތައް ހިތުދަސްކޮށް، އިމްތިޙާނުތަކުން ދަރިވަރުން ރަނގަޅު ނަތީޖާތަކެއް ހޯދުމަށެވެ. ނަމަވެސް، ފުންކޮށް ވިސްނުމާއި، މައްސަލަތައް ހައްލުކުރުމުގެ ޤާބިލުކަން އެކުލަވައިގެން، ޢަމަލީ ތަޖުރިބާކުރުމަށް ދެވޭ ސަމާލުކަން ނިސްބަތުން މަދުކަން ފާހަގަކުރެވެއެވެ. އާ މައުލޫމާތު އުފައްދައި، އީޖާދީ ގޮތްތަކަށް މަގުފަހިކުރުމުގެ ބަދަލުގައި، ދަރިވަރުންނަށް ދެވޭ ތަމްރީނުތައް މައިގަނޑުގޮތެއްގައި ބިނާކުރެވެނީ ކުރިން ދަސްކޮށްފައިވާ ކަންކަން ތަކުރާރުކުރުމަށެވެ.
މިގެ އިތުރުންވެސް، މިކަމުގައި ޖުޣުރާފީއާއި އިޤްތިޞާދީ ގޮތުން ވެސް ފާހަގަކޮށްލެވޭ ގިނަ ގޮންޖެހުންތަކެއް އެބަހުއްޓެވެ. ދިވެހިރާއްޖެއަކީ ޖަޒީރާ ކުޑަ ޤައުމެއް ކަމުން، ދިރާސާކުރުމަށް ބޭނުންވާ ވަސީލަތްތަކާއި، ސިނާއީ އިންފްރާސްޓްރަކްޗަރާއި، ޓެކްނޮލޮޖީގެ މަރުކަޒުތައް މިތާނގައި ވަރަށް މަދެވެ. މިކަމުގެ ސަބަބުން ދަރިވަރުންނަށް ޢަމަލީ ތަޖުރިބާތައް ކުރުމާއި، މަތީ ފެންވަރުގެ ދިރާސާތައް ހިންގުމާއި، ކުރިއަރާފައިވާ މަޝްރޫޢުތަކުގައި ބައިވެރިވުމުގެ ފުރުސަތުތައް ވަރަށް ބޮޑަށް ހަނިވެއެވެ.
ނަތީޖާއެއްގެ ގޮތުން، ގިނަ ހުނަރުވެރި ޒުވާނުން މަތީ ތަޢުލީމު ހާސިލުކުރުމަށް ބޭރު ޤައުމުތަކަށް ދިއުމަށް ފަހު، އެނބުރި ނާންނާތީ 'ބްރެއިން ޑްރެއިން' ނުވަތަ ނަފުސާނީ ވަގުފުގެ މައްސަލަތަކާއި ދިވެހިރާއްޖެއިން ކުރިމަތިލާން ޖެހެއެވެ.
ޘަޤާފީ ގޮތުން ވެސް މި މައްސަލަ އިތުރަށް ބޮޑުވެއެވެ. މުޖުތަމަޢުގައި ތަޢުލީމަށާއި ދިރާސީ ކާމިޔާބީއަށް އަހައްމިއްޔަތުކަން ދެވޭ ނަމަވެސް، އާ ވިޔަފާރިތަކާއި، އީޖާދީ، އާ ހިޔާލުތަކަށް އެކަށީގެންވާ ވަރަށް ބާރުއެޅިފައެއް ނުވެއެވެ. ހުނަރުވެރި ދަރިވަރުންނަށް ގިނަ ފަހަރު އިރުޝާދު ދެވެނީ "ސަލާމަތްތެރި" ވަޒީފާތައް ކަމަށްވާ، މުދައްރިސުކަމާއި، ސަރުކާރުގެ ޚިދުމަތްތަކާއި، ފަތުރުވެރިކަމާ ގުޅުންހުރި މަސައްކަތްތަކަށެވެ. އެހެންނަމަވެސް، އާ ސިނާއަތްތައް އުފެއްދުމަށް ނުވަތަ އީޖާދީ މަޝްރޫޢުތައް ފެށުމަށް އެކަށީގެންވާ ވަރަށް ބާރު އެޅިފައެއް ނުވެ އެވެ.

ދިރާސީ ސިޔާސަތު ކަނޑައަޅުއްވާ ފަރާތްތަކުން ދޭ ންޖެހޭ މުހިންމު ސަމާލުކަމަކީ ހަމައެކަނި ތަޢުލީމު ދިނުމަކީ ފުދޭ ކަމެއް ނޫންކަމެވެ. ހަރުދަނާ އަދި އީޖާދީ ވިސްނުންތަކެއް ބިނާކުރުމަށްޓަކައި، ދިވެހިރާއްޖެއަށް ބޭނުންވަނީ އީޖާދީ ޤާބިލުކަން ތަރައްޤީކުރާނެ މަންހަޖުތަކެކެވެ. މީގެ އިތުރުން، ދިރާސާތަކަށް ބޮޑެތި އިންވެސްޓްމަންޓްތައް ކުރުމާއި، އައު ކުންފުނިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، އަދި ނުރައްކާތައް ބަލައިގަނެ ތަޖުރިބާތައް ކުރުމަށް ބާރުއަޅާނެ ޘަޤާފަތެއް ބިނާކުރުން މުހިންމެވެ. މިފަދަ ކަންކަން ޙާސިލުކުރެވިގެން މެނުވީ، ދިރާސީ ކުރިއެރުންތައް ޤައުމަށާއި ދުނިޔެއަށް ފައިދާކުރަނިވި، ޢަމަލީ ޙައްލުތަކަކަށް ބަދަލުކުރެވުމަކީ ދުރުކަމެކެވެ.
ރާއްޖޭގެ ތަޢުލީމީ ސިޔާސަތުތަކުން މިފަދަ ތަފާތު ކަންތައްތައް ވަރަށް ސާފުކޮށް ފާހަގަކުރެވެ އެވެ. ރާއްޖެއިން ޢިލްމީގޮ ތުން ޤާބިލު ދަރިވަރުން ބިނާ ކުރެވުނު ނަމަވެސް، އީޖާދީ ޤާބިލުކަން އެކަށީގެންވާ މިންވަރަށް ކުރިއަރާފައިނުވާކަން ފެނިގެން ދެ އެވެ. ހަމައެކަނި ފަރުދީ ކާމިޔާބީތަކަށް ވުރެ މާ ބޮޑަށް، މި މަދުކަން ފޫބެއްދުމަކީ، ބަވަނަވެފައިވާ ދުނިޔޭގެ ވާދަވެރި އަދި ކުރިއަރަމުން އަންނަ އިޤްތިޞާދީ މާހައުލުގައި ޤައުމުގެ ދިގު ރާސްތާގެ ތަރައްޤީ އަށް ކޮންމެހެން މުހިއްމު ކަމެކެވެ.