މޯލްޑިވްސް އިމިގްރޭޝަންގެ އޮޕަރޭޝަންގެ ތެރެއިން އިތުރު ފަސް މަސާޖު ޕާލާއެއް ބަންދުކޮށްފި އެވެ.
އިމިގްރޭޝަނުން މިއަދު ބުނީ ސްޕާ އަދި ސެލޫން ފަދަ ތަންތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންގައި އިއްޔެ ވަނީ މާލޭގައި ހިންގަމުންދިޔަ 17 ތަނެއް ބަލައި ފާސްކޮށްފައި ކަމަށެވެ.
އޭގެ ތެރެއިން ފަސް މަސާޖު ޕާލާއެއް ބަންދުކޮށްފައިވާ އިރު، އެއް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
އިމިގްރޭޝަނުން ވަނީ މި މަހުގެ ތެރޭގައި އިތުރު މަސާޖު ޕާލާތަކެއް ބަލައިފާސްކޮށް ބިދޭސީންތަކެއް ވެސް ހައްޔަރުކޮށްފަ އެވެ.