Last Updated: June 6, 17:42
Saturday, June 6, 2026
ޚަބަރު

ފިހިގެން ނިޔާވި ސްޓެލްކޯގެ މުވައްޒަފުގެ ޖަނާޒާ މިރޭ

ކަރަންޓްގައި ޖެހި ފިހުމާ ގުޅިގެން އިތުރު ފަރުވާ އަށް ތައިލޭންޑަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ނިޔާވި ސްޓެލްކޯގެ މުވައްޒަފުގެ ޖަނާޒާ މިރޭ ބާއްވަން ނިންމައިފި އެވެ.

ސްޓެލްކޯގެ ސުޕަވައިޒަރެއްގެ މަގާމު އަދާކުރަމުން އައި އަހުމަދު އަޒްމީލް، 42، ހަށިގަނޑު ރާއްޖެ ގެނައީ މިއަދެވެ. އޭނަގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ މިރޭ އިޝާ ނަމާދަށް ފަހު ހުޅުލޭ ސަހަރާ މިސްކިތުގަ އެވެ.

އަޒްމީލް ކަރަންޓްގައި ޖެހި ފިހުނީ މިދިޔަ މަހުގެ 26 ގައި ސްޓެލްކޯގެ ހުޅުމާލޭގެ ސައިޓްގަ އެވެ. އޭނަ ފަރުވާ އަށް ތައިލޭންޑަށް ގެންދިޔައީ މިދިޔަ މަހުގެ 30 ގަ އެެވެ.

ބެންކޮކް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް އަޒްމީލް ނިޔާވީ މި މަހުގެ 11 ގަ އެވެ.