Last Updated: July 24, 18:15
Friday, July 24, 2026
ޚަބަރު

މީދޫގައި ފުޓްބޯޅަ/ފުޓްސަލް ރެފްރީ ކޯހެއް ހިންގައިފި

އައްޑޫ މީދޫގައި ފުޓްބޯޅަ އާއި ފުޓްސަލްގެ ބޭސިކް ރެފްރީ ކޯހެއް ހިންގައިފި އެވެ.

މި މަހުގެ 5-13 އަށް ހިންގި ކޯހުގައި 12 މީހަކު ބައިވެރިވި އެވެ. މި ރެފްރީ ކޯހަކީ އައްޑޫ ސިޓީ ކައުންސިލާއި ސްޕޯޓްސް މިނިސްޓްރީ އާއި އެފްއޭއެމް ގުޅިގެން ހިންގި ކޯހެކެވެ.

މީދޫގައި ބޭއްވި ފުޓްބޯޅަ/ފުޓްސަލް ރެފްރީ ކޯހުގެ އިންސްޓްރަކްޓަރުންނަކީ އެފްއޭއެމްގެ މުހައްމަދު އަނީލް އަބްދުއް ލަތީފާއި އިބްރާހީމް ތައުފީގެވެ.

ކޯސް ނިންމާލައި ބައިވެރިންނަށް ސެޓްފިކެޓް ވެސް ދީފައިވެ އެވެ.