Last Updated: June 5, 22:30
Friday, June 5, 2026
ރިޕޯޓް

ކޮންމެ މުސްލިމަކަށް ވާޖިބު 3 ތިން ކަމެއް!

ފުރަތަމަ ކަންތައް:

އަހަރެމެން ހެއްދެވީ ﷲ ސުބްޙާނަހޫ ވަތަޢާލާކަމާއި އަހަރެމެންނަށް ރިޒްޤުދެއް ވަނީ އެ އިލާހުކަމާއި އަހަރެމެން ހެއްދެވުމަށް ފަހު ހިތުހުރިހައި ގޮތަކަށް އުޅެން އެއިލާހު އަހަރެމެން ދޫނުކުރައްވާކަމާއި އަދި ކިއެއްތަ އަހަރެމެންގެ ގާތަށް ރަސޫލަކު ފޮނުއްވިކަމާއި، އެރަސޫލާއަށް ކިޔަމަންތެރިކަން އަދާކޮށްފިމީހާ ސުވަރުގެ ވަންނާނޭކަމާއި އެ ރަސޫލާއަށް އުރެދިއްޖެ މީހާ ނަރަކައަށް ވަންނާނޭ ކަމެވެ.

ދެވަނަ ކަންތައް:

ހަމަކަށަވަރުން ﷲ ސުބްޙާނަހޫ ވަތަޢާލާއާ އެއްވެސް އަޅުކަމެއްގައި އެއްވެސް ޝިރުކެއް ކުރުމަކަށް އެއިލާހު ރުހިވޮޑިގެންނުވާކަން، އެއީ އެކަން ކުރަނީ އެއިލާހުގެ މަލާއިކަތެއް ކަމުގައި ވިޔަސް އަދި ފޮނުއްވިގެންވާ ނަބީއެއް ކަމުގައި ވިޔަސް މެ އެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ކިޔަމަންތެރިވެ، ﷲސުބްޙާނަހޫ ވަތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކުރާ އެއްވެސް މީހަކަށް، ﷲ ސުބްޙާނަހޫ ވަތަޢާލާއާ އެއިލާހުގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައާ އިދިކޮޅުވާ އެއްވެސް މީހަކާ ގާތްކަން ބެހެއްޓުން ހުއްދަވެގެން ނުވާ ކަމެވެ.

ތިންވަނަ ކަންތައް:

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ކިޔަމަންތެރިވެ، ﷲސުބްޙާނަހޫ ވަތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކުރާ އެއްވެސް މީހަކަށް، ﷲ ސުބްޙާނަހޫ ވަތަޢާލާއާ އެއި ލާހުގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައާ އިދިކޮޅުވާ އެއްވެސް މީހަކާ ގާތްކަން ބެހެއްޓުން ހުއްދަވެގެން ނުވާ ކަމެވެ.

ނޯޓް: މިއީ ޝައިހް މުހައްމަދު ޝާފިއުގެ ލިޔުއްވުމެކެވެ.