Last Updated: June 5, 18:06
Friday, June 5, 2026
ޚަބަރު

ކްރިމިނަލް ކޯޓަށް ގާޒީއެއް ހޯދަނީ

ކްރިމިނަލް ކޯޓުގެ ގާޒީކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފި އެވެ.

އެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑި އަކީ މި މަހުގެ 23 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ.

ގާޒީގެ އަސާސީ މުސާރައަކީ މަހަކު 37،700ރ. އެވެ. އަދި ލިވިން އެލަވެންސްގެ ގޮތުގައި މަހަކު 18،000ރ. އާއި ރިސްކް އެލަވެންސްގެ ގޮތުގައި 3،300ރ. ވެސް ލިބޭނެ އެވެ