Last Updated: June 16, 11:23
Tuesday, June 16, 2026
ޚަބަރު

އުރީދޫ ފަން ރަން ކުޑަކުދިންގެ ހަވީރު ބުރާސްފަތި ދުވަހު

އަންނަ ހުކުރު ދުވަހު ބާއްވާ އުރީދޫ ފަން ރަންއާ ގުޅުވައިގެން ކުޑަކުދިންގެ ހަވީރު ބުރާސްފަތި ދުވަހު އޮންނާނެ ކަމަށް އުރީދޫން ބުނެފި އެވެ.

އުރީދޫން ބުނީ މި ކުޑަކުދިންގެ ހަވީރު ކުރިއަށްދާނީ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ކަމަށެވެ.

ކޮމިއުނިޓީ ފޯކަސްޑް ބްރޭންޑެއްގެ ހައިސިއްޔަތުން އުރީދޫއިން ދަނީ އާއިލާތައް އެއްތަނަކަށް އެއްވެ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ގިނަ ފުރުސަތުތަކެއް ފޯރުކޮށްދެމުންނެވެ. މި އަހަރުގެ ކުޑަކުދިންގެ ހަވީރުގައި ތަފާތު ގޭމްތަކާއި އިނާމުތައް ހިމެނިފައިވާނެ ކަމަށް އުރީދޫން ބުންޏެވެ. އަދި ފްރީ ފްލައިން އެސޯސިއޭޝަނުން ވެސް މި ހަރަކާތުގައި މަކާއޯ ދޫނިތައް ދައްކާލާނެ އެވެ.

މި އިވެންޓުގައި އެންމެ ހާއްސަ އެއް ހަރަކާތަކީ ކުޑަކުދިންގެ ފެވަރިޓެއް ކަމައްވާ ރޮބޯމޭން ގެ ހަރަކާތެވެ.

މި ހަރަކާތަކީ އުރީދޫ ފަން ރަން 2025 އަށް ތައްޔާރުވުމުގެ ގޮތުން ކުޑަކުދިންނަށް ހިތްފަސޭހަ، ހިތްގައިމު އަދި އާއިލާއާ ރައްޓެހި މާހައުލެއް ގާއިމްކޮށްދޭނެ އިވެންޓެއް ކަމަށް އުރީދޫން މައުލޫމާތުދެ އެވެ.