Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

މަސްވެރިންގެ އިހުތިޖާޖުގެ ހައްޔަރީން ދޫކޮށްލައިފި

މި އަހަރުގެ މަސްވެރިންގެ ދުވަހުން ފެށިގެން ހަތަރު ވަރަކަށް ދުވަހަށް ބޮޑު ކަންނެލީގެ މަސްވެރިން ކުރިއަށް ގެންދިޔަ އިޖުތިޖާހުން ހައްޔަރު ކުރި އެންމެން ދޫކޮށްލައިފި އެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި ބޮޑު މަސްވެރި ކަންނެލި ޔުނިއަން ބީކޭއެމްޔޫ) ގެ ބައެއް އިސްވެރިންނާއި މި އިހުތިޖާޖުގައި ހަރަކާތްތެރިވި ދޯނިތަކުގައި މަސައްކަތް ކުރަމުން އައި ބައެއް ބިދޭސީން ވެސް ހިމެނެ އެވެ. މީގެ އިތުރުން ހައްޔަރުކުރި މީހުންގެ ތެރޭގައި ބީކޭއެމްޔޫގެ ސެކްރެޓަރީ ޖެނެރަލް އަދި ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު މައުރޫފް ޒާކިރު ވެސް ހިމެނެ އެވެ.

މި މަހުގެ 11 ވަނަ ދުވަހު އޭނަގެ ބަންދަށް ފަސް ުދުވަސް ޖެހުމަށް ފަހު، ފަހުން ވަނީ ބަންދުން ދޫކޮށްލައިފަ އެވެ. ނަމަވެސް ފުލުހުން މައުރޫފް ހައްޔަރު ކުރުމުގެ ތެރޭގައި ލިބުނު އަނިޔާތަކަށް އޭނަ އަށް އަންނަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.

ބީކޭއެމްޔޫ އިން މިއަދު ބުނީ އިހުތިޖާޖުން ހައްޔަކުރި އެންމެން މިހާރު ދޫކޮށްލާފައިވާ ކަމަށާއި އެކަމަށްޓަކައި މަރުހަބާ ކިޔާ ކަމަށެވެ.

ބޮޑު ކަންނެލީގެ މަސްވެރިންގެ އިހުތިޖާޖާ ގުޅިގެން މިދިޔަ ހޯމަ ދުވަހު ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމު މަސްވެެރިންނާ ބައްދަލު ކުރައްވައި އެ މީހުންގެ ޝަކުވާތައް އަޑު އައްސަވާފައިވެ އެވެ. ބޮޑު ކަންނެލީގެ މަސްވެރިން އިހުތިޖާޖަށް ނުކުތީ އެ މީހުންނަށް ސަރުކާރުން ވެފައި އޮތް ވައުދުތައް ނުފުއްދާ ކަމަށް ބުނެ އެވެ.

އެގޮތުން ތިން ޑިމާންޑެއް ބޮޑު ކަންނެލީގެ މަސްވެރިން ކޮށްފައިވެ އެވެ. އެއީ ސަރުކާރުން ކަންނެލި ގަންނަން ފެށުމާއި ކަންނެލީގެ އަގު 80-100ރ. އާ ދެމެދު ހިފެހެއްޓުމާއި ބޭސް ރޭޓުގައި ތެލާއި އައިސް ލިބޭނެ ގޮތް ހެދުމެވެ.

ބޮޑު ކަންނެލީގެ މަސްވެރިންނާ ބައްދަލު ކުރެއްވުމަށް ފަހު މިނިސްޓަރު ވިދާޅުވެފައި ވަނީ އެ މީހުންގެ ކަންބޮޑުވުންތައް ހައްލުކޮށްދީ، ކުރިއަށްދާން ބޭނުންވާ އެހީތެރިކަން ސަރުކާރުން ދޭނެ ކަމަށެވެ.