Last Updated: June 6, 17:42
Saturday, June 6, 2026
ޚަބަރު

ސައުދީ އެމްބަސީ ފުރާޅަށް އެރި މީހަކު ހައްޔަރުކޮށްފި

ރާއްޖޭގައި ހުންނަވާ ސައުުދީ ސަފީރު.

ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީ އިމާރާތުގެ ފުރާޅުމައްޗަށް އެރި މީހަކު ހައްޔަރުކޮށްފި އެވެ.

ހުޅުމާލޭ ފެރީ ޓާމިނަލް ކައިރީގައި ހުންނަ އެމްޓީސީސީ ސޯމިލްގައި ހިންގަމުން އަންނަ ސައުދީ އެމްބަސީގެ ފުރާޅަށް އެރީ 19 އަހަރުގެ ޒުވާނެކެވެ.

މި މައްސަލައިގައި އޭނަ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް ފަސް ޖަހާފައިވެ އެވެ. ފުލުހުން ޒުވާނާގެ މައްޗަށް ކުރަނީ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ތުހުމަތެވެ. ބަންދު އަމުރުގައިވާ ގޮތުން ސައުދީ އެމްބަސީ އަށް ޒުވާނާ ވަންނަ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖު ވެސް ފުލުހުން ހެކީގެ ގޮތުގައި ހުށަހަޅާފައިވެ އެވެ.

ބަންދު މަޖިލީހުގައި ޒުވާނާ ވަނީ އެތަނަށް ވަނީ ސައުދީ އެމްބަސީކަން ނޭނގުު ކަމަށާއި އެފަދަ ނިޝާނެއް ވެސް އެ ތަނުގައި ހުރި ފާހަގަ ނުވާ ކަމަށް ބުނެފަ އެވެ. އަދި އެމްބަސީގެ ފުރާޅުމައްޗަށް އެރީ އެ ތަނުގެ ފޮޓޯ މީހުން ނަގާފައި ހުންނަ ތަން ފެންނާތީ ފޮޓޯއެއް ނަގާލަން ކަމަށް ވެސް އޭނަ ބުނެފައިވެ އެވެ.

އެކަމަކު ފުރާޅަށް އެރިތާ 10 މިނެޓްގެ ތެރޭގައި ފޭބި ކަމަށާއި އެއީ އެތަނަށް މީހުން އެރުމުން ބާލުވާތީ އެއީ ރަނގަޅު ކަމެއް ނޫން ކަަމަށް އިހުސާސް ކުރެވިގެން ކަމަށް ބުންޏެވެ. އެހެންވެ އެކަމަށް މައާފަށް ވެސް އެދިފައިވެ އެވެ.

ބަންދު އަމުރުން އެނގޭ ގޮތުގައި އެ ޒުވާނާ އަކީ ކުރުން ކުށުގެ އެއްވެސް ރެކޯޑެއް އޮތް މީހެއް ނޫނެވެ.