Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

'ވެލްކަމް އިންޑިއާ' ރޯޑްޝޯގައި ބައިވެރިވާން ހުޅުވާލައިފި

އިންޑިއާގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރަން "ވެލްކަމް އިންޑިއާ" ގެ ނަމުގައި ކުރިއަށް ގެންދާ ރޯޑްޝޯގެ ދެވަނަ އެޑިޝަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި ރޯޑް ޝޯއަކީ މަޓާޓޯގެ އިސްވެ އޮވެ، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އާއި ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) އާއި ގުޅިގެން ބާއްވާ ރޯޑްޝޯއެކެވެ.

މި ރޯޑްޝޯ އިންޑިއާގެ ތިން ސިޓީއެއްގައި ބާއްވަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ މާޗްގަ އެވެ. އެ ގޮތުން ޗެންނާއީގައި މާޗް 23 ގައި ރޯޑް ޝޯ ބާއްވަން ތާވަލުކޮށްފައިވާ އިރު، އަހުމަދުއާބާދުގައި މާޗް 25 ގައި އަދި ޖައިޕޫރުގައި މާޗް 27 ގައި ބާއްވަން ނިންމާފައިވެ އެވެ.

އެހެންވެ މީގައި ބައިވެރިވާން ބޭނުންވާ ރާއްޖޭގައި ޓޫރިސްޓް ވިޔަފާރި ހިންގާ ފަރާތްތަކަށް އޮތީ ހުޅުވާލައިފަ އެވެ. މަޓާޓޯ އަށް މެއިލްކޮށްގެން [email protected] ނުވަތަ އެތަނުގެ ވެބްސައިޓް matato.org މެދުވެރިކޮށް ރަޖިސްޓްރީވެވޭނެ އެވެ.

އިންޑިއާ އަކީ މިހާރު ރާއްޖެ އަށް 6 ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ.

"ވެލްކަމް އިންޑިއާ" ރޯޑްޝޯގެ ފުރަތަމަ އެޑިޝަން ބޭއްވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.