ކުދި އަދި މެދު ފަންތީގެ ވިޔަފާވެރިންނާ ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ބައްދަލު ކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އެ ބައްދަލުވުން އޮންނާނީ މިރޭ 8:30 ގައި ސޯޝަލް ސެންޓަރުގަ އެވެ.
ރައްޔިތުންނާ ބައްދަލު ކުރައްވަން ރައީސް ސިލްސިލާކޮށް ބާއްވަމުން ގެންދަވާ ބައްދަލުވުންތަކުގެ ތެރެއިން ރޭ ވަނީ ގަލޮޅުގެ ރައްޔިތުންނާ ބައްދަލު ކުރައްވައިފަ އެވެ. އަދި މާދަމާ ރޭ ހުޅުމާލޭ ފޭސް ދޭއްގެ ރައްޔިތުންނާ ބައްދަލު ކުރައްވާނެ އެވެ.
ރައީސްގެ ބައްދަލުވުންތަކުގެ ބޭނުމަކީ ރައްޔިތުންގެ ކަންބޮޑުވުންތައް ގާތުން އައްސަވައި، އެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރެއްވުމަށް ފަހު އެވެ. އެގޮތުން ރައީސް ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވައިފަ އެވެ.