Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

މިނިސްޓަރު ޒަމީރު އޮޕަރޭޝަނެއްކޮށްފި

ފިނޭންސް މިނިސްޓަރު މޫސާ މިއަދު އޮޕަރޭޝަނެއްކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެފި އެވެ.

ނަމަވެސް ސިއްހީ ގޮތުން ކުރައްވަން ޖެހިވަޑައިގަތް އެ އޮޕަރޭޝަނާ ބެހޭ އިތުރު ތަފުސީލެއް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.

ފިނޭންސް އިން ނެރުނު ބަޔާނެއްގައި ބުނީ، ކުރިއާލައި ރާވައިގެން ކުރަން ޖެހޭ އޮޕަރޭޝަނެއް މިނިސްޓަރު މިއަދު ކުރައްވާފައިވާ ކަމަށާއި އޮޕަރޭޝަން ކާމިޔާބު ކަމަށެވެ. އަދި އޮޕަރޭޝަނަށް ފަހު މިނިސްޓަރުގެ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

ފިނޭންސް މިނިސްތްރީން ބުނީ މިނިސްޓަރު އަންނަ ހަފުތާގައި އެނބުރި އޮފީހަށް ވެސް ނުކުންނަވާނެ ކަމަށެވެ.

ބައެއް މީޑިއާތަކުން މި ހަފުތާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ޑިފެންސް މިނިސްޓަރު ގައްސާމް މައުމޫން ވެސް ގެންދަވަނީ ކިޑްނީގެ ބައްޔަކަށް ފަރުވާ ހޯއްދަވަމުންނެވެ.