Last Updated: June 6, 17:25
Saturday, June 6, 2026
ޚަބަރު

ސިފައިންގެ "އެކުވެރިން' ތަމްރީނު ނިންމާލައިފި

ދިވެހި ސިފައިންނާއި އިންޑިއާ ސިފައިން ގުޅިގެން އިންޑިއާގައި ކުރިއަށް ގެންދިޔަ ތަމްރީނު "އެކްސަސައިޒް އެކުވެރިން" ނިންމާލައިފި އެވެ.

ކޮންމެ ދެ އަހަރަކުން އެއް އަހަރު، އިންޑިއާ އަދި ރާއްޖޭގެ ތެރެއިން ފަހަރަކު ގައުމެއްގައި ބާއްވަމުން ގެންދާ "އެކްސަސައިޒް އެކުވެރިން" ގެ މި އަހަރުގެ ތަމްރީނުތައް ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ މަހުގެ 20 އިން މިއަދުގެ ނިޔަލަށެވެ.

މި ތަމްރީނުގައި އެމްއެންޑީއެފް މެރިން ކޯގެ 45 މެރީންސް ބައިވެރިވިކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެ ތަމްރީނުގައި އެމްއެންޑީއެފް ކޮންޓިންޖެންޓްގެ ކޮމާންޑަރަކީ، އެމްއެންޑީއެފް މެރިން ކޯ ހެޑްކުއޯޓާޒްގެ އޮޕަރޭޝަންސް އަދި ޓްރެއިނިން އެންޑް އެޑިޔުކޭޝަން ޑައިރެކްޓަ މޭޖަ ޢަބްދުލް ހަސީބް އިބްރާހީމެވެ.

މި އެކްސަސައިޒްގައި ކްލޯސް ކުއާޓާ ބެޓަލް، ބްރީޗިން ޓެކްނީކްސް، ލައިވް ފަޔަރިން، ވީބީއެސްއެސް، ސްޕެޝަލް ހެލިބޯން އޮޕަރޭޝަން، އަންޑަ ވޯޓަ ޑިމޮލިޝަން އަދި އެއާ ޑައިވިން (ސާފޭސް ސަޕްލައި) ފަދަ ބައިތަކުގެ ތަމްރީނުތައް ފަރިތަކޮށްފައިވެ އެވެ.