Last Updated: June 6, 19:23
Saturday, June 6, 2026
މުނިފޫހިފިލުވުން

އިމްރާން ކަސްޓަމްސް ޔުނިފޯމްގައި

އިންޑިއާގެ އެކްޓަރު އިމްރާން ހާޝިމީ ކަސްޓަމްސް އޮފިސަރެއްގެ ރޯލު ކުޅެފައިވާ އާ ސީރީޒް "ޓަސްކަރީ: ދަ ސްމަގްލާސް ވެބް" ގެ ޓީޒާ ދައްކާލައި، ޕްރީމިއާކުރާ ތާރީހު ވެސް އިއުލާންކޮށްފައިވެ އެވެ.

މި ކްރައިން ތުރިލާ ސީރީޒް ނެޓްފްލިކްސް އިން ޕްރީމިއާ ކުރާނީ އަންނަ މަހުގެ 14 ގަ އެވެ.

"ޓަސްކަރީ" އަކީ ކުރިން ވެސް ސީރީޒްތަކެއްގެ އިތުރުން ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރު ނީރަޖް ޕާންޑޭ އާއި ރާގަވް ޖައިރަތު ގުޅިގެން ގެނެސްދޭ އެއްޗެކެވެ. މީގައި އިމްރާން ފެނިގެން ދާނީ އަރުޖުން މީނާ ކިޔާ ކަސްޓަމްސް ސުޕްރިންޑެންޓެއްގެ ރޯލުންނެވެ.

އިމްރާންގެ އެންމެ ފަހުގެ ސީރީޒަކީ ޝާހްރުކް ޚާންންގެ ދަރިފުޅު އަރިއަން ޚާން މިދިޔަ ސެޕްޓެމްބަރު މަހު ނެޓްފްލިކްސް އަށް ގެނައި "ދަ ބޭޑްސް އޮފް ބޮލީވުޑް" އެވެ. އޭނަގެ އެހެން ސީރީޒްތަކުގެ ތެރޭގައި ނެޓްފްލިކްސްގެ "ބާޑް އޮފް ބްލަޑް" އާއި ޑިޒްނީ ޕްލަސް ހޮޓްސްޓާގެ "ޝޯޓައިމް" ހިމެނެ އެވެ.

އިމްރާންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި "ހަޤް" އެވެ.

"ޓަސްކަރީ" އިން އިމްރާނާ އެކު ފެންނާނެ ކާސްޓުންގެ ތެރޭގައި ޝަރަދު ކެލްކަރް، އަމްރުތާ ޚާންވިލްކަރް، ނަންދިޝް ސިންގް ސަންދޫ، އަނޫރާގް ސިންހާ އަދި ޒޯޔާ އަފްރޯފް ހިމެނެ އެވެ.