Last Updated: June 6, 17:42
Saturday, June 6, 2026
ޚަބަރު

ޕާކިސްތާންގެ މަޖިލީހުގެ ރައީސް ރާއްޖޭގައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲގެ ދައުވަތަކަށް ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ސަރްދާރް އަޔާޒް ޞާދިގް ށްރާއްޖެ ވަޑައިގެންފި އެވެ.

އޭނަ އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އިއްޔެ މަރުޙަބާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސެވެ.

ތިން ދުވަހުގެ މުއްތަދަސް ސާދިގް ރާއްޖެ ކުރައްވާ ދަތުރުގައި ދަތުރުފުޅުގައި ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މޯލްޑިވްސް-ޕާކިސްތާން ޕާލިމަންޓްރީ ފްރެންޑްޝިޕް ގްރޫޕާ ބައްދަލު ކުރައްވާނެ އެވެ. އަދި ދާރުލްއާސާރާއި ސަލްމާން މިސްކިތަށް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.

ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ރާއްޖެ ވަޑައިގެންފައި މި ވަނީ ފައިވާއިރު މިދިޔަ މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވެސް ޕާކިސްތާނަށް ޒިޔާރަތް ކުރައްވާފައު ވަނިކޮށެވެ. އެއީ އިންޓަ-ޕާލިމެންޓަރީ ސްޕީކާސް ކޮންފަރެންސަށެވެ.