Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ސްރީ ލަންކަން އެއާލައިންސް ވެސް އާ ޓާމިނަލަށް

ސްރީ ލަންކަން އެއާލައިންސްގެ ހިދުމަތްތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލަށް ބަދަލުކޮށްފި އެވެ.

އެކަމަށްޓަކައި މިއަދު ޓާމިނަލް 1 ގައި ހާއްސަ ހަފުލާއެއް ވެސް ބޭއްވި އެވެ. ސްރީ ލަންކަން އެއާލައިންސަކީ އާ ޓާމިނަލަށް ހިދުމަތްތައް ބަދަލުކުރި 34 ވަނަ އެއާލައިން ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުންޏެވެ.

ޒަމާނީ އާ ޓާމިނަލް ރަސްމީކޮށް ހުޅުވީ ޖުލައި 26 ގަ އެވެ.

އެ ޓާމިނަލުގައި 47 ޗެކިން ކައުންޓަރާއި، ހަ ސެލްފް ސާވިސް ކައުންޓަރާއި، 20 ޑިޕާޗަ އިމިގްރޭޝަން ކައުންޓަރާއި ހަ ޕެސެންޖަރ ބޯޑިންގ ގޭޓާއި 12 އޭރޯ ބްރިޖް ހުރެ އެވެ.

މި ޓާމިނަލަކީ އަހަރެއްގެ މައްޗަށް 7 މިލިއަން މީހުންނަށް ޚިދުމަތް ދެވޭ ފެންވަރަށް ތަރައްޤީކޮށްފައިވާ ތަނެކެވެ.