Last Updated: June 27, 18:22
Saturday, June 27, 2026
ޚަބަރު

ޕްރޮފެސަރ އުގައިލްގެ ލެކްޗަރ އަށް އައްޑޫން ބޮޑު ތަރުހީބެއް

ސ. ހިތަދޫއަށް އުފަން ޕްރޮފެސަރ ހަސަން އުގައިލްގެ "އެން އިވްނިންގ ވިތް ޕްރޮފެސަރ އުގައިލް" ލެކްޗަރއަށް ވަރަށް ބޮޑު ތަރްހީބެއް ލިބިއްޖެއެވެ.

ސިވިލް ސާވިސް އިންސްޓިޓިއުޓާއި، އައްޑޫ ހައި ސްކޫލް ގުޅިގެން ބޭއްވި މި ލެކްޗަރއަށް އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ އިތުރުން ހުޅުމީދޫންވެސް ގިނަ ބަޔަކު ވަނީ ގޮސްފައެވެ.

މިއީ ފަހުގެ ތާރީހެއްގައި މިފަދަ ބައްދަލުވުމަކަށް އައްޑޫން އެންމެ ގިނަ މީހުން ހާޒިރުވި އެއް ހަފްލާއެވެ. މިރޭގެ ސެޝަން އަޑުއެހުމަށް ގިނަ ބަޔަކު ހާޒިރު ވުމާއި ގުޅިގެން ޝަރަފުއްދީން ސްކޫލްގެ ހޯލުން ބޭރުގައިވެސް ވަނީ ގޮޑި ޖަހާފައެވެ. އަދި ބައެއް ފަރާތްތަކުން ސްކޫލް ބޭރުގައި ތިބެގެންވެސް އުގައިލްގެ އަގުހުރި މައުލޫމާތު އަޑުއައްސާވާފައިވެއެވެ.
DSC_2977

މިރޭގެ ސެޝަން އުގައިލް ކުރިއަށް ގެންގޮސްފައިވަނީ މައިގަނޑު ގޮތެއްގައި އައްޑޫ ބަހުންނެވެ. މި ސެޝަންގައި ހިސާބް އިލްމާއި، ދުޅަހެޔޮ ސިއްހަތެއްގައި ދެމި ތިބުމަށް ކުރެވިދާނެ ކަންކަމަށް ސައިންޓިފިކް ނަޒަރިއްޔާއިން މައުލޫމާތު ހިއްސާ ކުރެއްވިއެވެ.

މިރޭގެ ރަސްމިއްޔާތަށް ފަހު ރޭ ޕްރޮފެސަރ އުގައިލް މާލޭގައި ނެރެދެއްވި ޕްރޮފެސަރ އުގައިލްގެ "ސިއްހީ ހަދިޔާ" އައްޑޫ ރައްޔިތުންނަށް ހިލޭ ބެހުން ކުރިއަށް ގެންދިއައެވެ. އެ ހަރަކާތް ކުރިއަށް ގެންދިޔަ އިރު އެތައް ބަޔަކު ވަނީ އުގައިލް އާއި އެކު ވަގުތުކޮޅެއް ހޭދަކޮށް، އުގައިލް އާއި އެކު ފޮޓޯ ނަންގަވާ، ބައެއް މައުލޫމާތު އޮޅުން ފިލުވާފައެވެ.