Last Updated: June 6, 17:49
Saturday, June 6, 2026
ޚަބަރު

ސިވިލް ސޮސައިޓީ އެވޯޑް 7 ފަރާތަކަށް

ރަށުފެންވަރުގަ އާއި ގައުމީ ފެންވަރުގާ މަދަނީ ޖަމިއްޔާތައް ކުރަމުންދާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމަށް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ސިވިލް ސޮސައިޓީ އެވޯޑް 7 ޖަމިއްޔާއަކަށް ދީފި އެވެ.

ޔޫތު ހަބްގައި ރޭ ބޭއްވި ހަފްލާގައި އެވޯޑް ލިބުނު ޖަމިއްޔާތަކަށް އެވޯޑް ހަވާލުކޮށްދެއްވީ ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދެވެ.

މި އަހަރުގެ ސިވިލް ސޮސައިޓީ އެވޯޑް ލިބުނު ފަރާތްތައް:

* އަންހެނުންނާއި ކުޑަކުދިންނާއި ޒުވާނުންގެ ހައްގުތައް ހިމާޔަތްކޮށް އެ ފަރާތްތައް ބާރުވެރިކުރުވުގެ ދާއިރާ: ވިމެން އެމްޕަވަމަންޓް އެސޯސިއޭޝަން އޮފް ތިނަދޫ
* ޚާއްސައެހީގެ ދާއިރާ: ކެއާ ސޮސައިޓީ
* ތައުލީމީ ދާއިރާ: ތުޅާދޫ ސިލްވަ ޝައިން ކްލަބް
* ދިވެހިންގެ ޘަގާފަތާއި އާދަކާދަތަކާއި، ތާރީޚީ ތަރިކަ، ދިވެހިބަސް ދިރުވުމުގެ ދާއިރާ: ޝާއިރުންގެ ވާދީ
* ތިމާވެށީގެ ދާއިރާ: ކްލީން މޯލްޑިވްސް
* ޞިއްޙީ ދާއިރާ: އަލްޒައިމާ ސޮސައިޓީ އޮފް މޯލްޑިވްސްއަށެވެ.
* މަސްތުވާ ތަކެތިން މުޖްތަމަޢު ރައްކާތެރިކުރުމުގެ ދާއިރާ: ގިރިންދާ

އެވޯޑް ހަފުލާގައި ވިދާޅުވީ ސިވިލް ސޮސައިޓީ އެވޯޑު މި އަހަރު 7 ޖަމިއްޔާއަކަށް ލިބުނު ނަމަވެސް އަންނަ އަހަރުގެ މި އެވޯޑަށް ގިނަ ދާއިރާތަކެއް އިތުރުކޮށް ގިނަ ޖަމިއްޔާތަކެއްގެ އަގު ވަޒަން ކުރާނެ ކަމަށެވެ.