Last Updated: June 6, 19:23
Saturday, June 6, 2026
ދުނިޔެ

ބީޕީގެ ސީއީއޯއަކަށް އަލަށް އަންހެނެއް

އިނގިރޭސިވިލާތުގެ މަޝްހޫރު ތެޔޮ، ކުންފުނި ބީޕީ (ބްރިޓިޝް ޕެޓްރޯލިއަމް) ގެ ސީއީއޯގެ މަގާމަށް މުޅިން އަލަށް އަންހެނަކު އައްޔަންކޮށްފި އެވެ.

އެ މަގާމަށް އައްޔަންކުރީ މެގް އޯ ނީލް އެވެ. އޭނަ ރަސްމީކޮށް ބީޕީގެ ސީއީއޯގެ ޒިންމާތަކާ ހަވާލުވެވަޑައިގަންނަވާނީ އަންނަ އަހަރުގެ އެޕްރީލް 1 ގަ އެވެ. އެހާތަނަށް ވަގުތީ ގޮތުން ބީޕީގެ ސީއީއޯގެ މަސްއޫލިއްޔަތުތައް އަދާކުރައްވަމުން ގެންދަވާނީ ކުންފުނީގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް ކެރޯލް ހޯލީ އެވެ.

ދިގު ތާރީހެއް އޮތް ބީޕީގެ ސީއީއޯގެ މަގާމު އަދާކުރައްވާ ފުރަތަމަ އަންހެން ބޭފުޅާގެ ޝަރަފް މެގް، 55، އަށް ލިބިވަޑައިގަތް އިރު، އޭނަ 2021 އިން ފެށިގެން މަސައްކަތް ކުރައްވަމުން ގެންގޮސްފައި ވަނީ އޮސްޓްރޭލިއާގެ ހަކަތަ ކުންފުނި، ވުޑްސައިޑް އެނަޖީގަ އެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ބީޕީ އަށް އާ ސީއީއޯއެއް އައްޔަންކުރީ އެ މަގާމަށް މިދިޔަ އަހަރުގެ ޖެނުއަރީ 17 ގައި އައްޔަންކުރި މުރޭ އޯކިކްލޮސް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.