Last Updated: June 6, 17:25
Saturday, June 6, 2026
ޚަބަރު

އުކުޅަހުން ޓޫރިސްޓަކު ގެއްލިގެން ހޯދަނީ

އއ. އުކުޅަހުން ޓޫރިސްޓަކުން ގެއްލިގެން ހޯދަން ފަށައިފި އެވެ.

އުކުޅަހު ކައުންސިލުން ބުނީ ގެއްލިގެން ހޯދަނީ އެ އެ ރަށުގެ ގެސްޓްހައުސް 'ލަ ޕަލްމާ ސޫޓްސް' އަށް ޗުއްޓީ އަށް އައި ރަޝިއާގެ މީހެއް ކަމަށްވާ ރޯމަން ލުރޮޗްކިން، 48، ކަމަށެވެ. އޭނަ އެ ތަނަށް ޗެކްއިން ވެފައިވަނީ މިދިޔަ ހޯމަ ދުވަހެވެ.

ކައުންސިލުން ބުނީ އެ މީހާ އެންމެ ފަހުން ފެނިފަ އިވަނީ އަންގާރަ ދުވަހު ހަވީރު ކަމަށާއި ފޯނާއި އެހެނިހެން ތަކެތި އޭނާގެ ކޮޓަރީގައި ހުރި ކަމަށެވެ.

މި މައްސަލަ ކައުންސިލުން ވަނީ ކަމާބެހޭ ފަރާތްރަކަށް ވެސް ހުށަހަޅައިފަ އެވެ. އަދި އެ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ލަ ޕަލްމާ ސޫޓްސްގެ ނަންބަރު 9646363އަށް ނުވަތަ އުކުޅަހު ޕޮލިސް ޑެސްކް 9553510 އަށް ގުޅައި ހިއްސާކޮށް ދޭން އެދިފައިވެ އެވެ.

މިކަމާ ގުޅޭ ގޮތުން މިހާތަނަށް ފުލުހުންގެ ވަކި އެއްޗެއް ނުބުނެ އެވެ.