ހދ. ހަނިމާދޫގައި ވެސް ޕާސްޕޯޓުގެ ޚިދުމަތް ފަށައިފި އެވެ.
އެ ހިދުމަތް އެ ރަށުގައި އިފުތިތާހުކުރީ ރެ އެވެ. ހަނިމާދޫގައި ޕާސްޕޯޓްގެ ހިދުމަތް ފެށި އިރު، އެ ރަށަކީ އިންޓަނޭޝަނަލް އެއާޕޯޓެއް ވެސް އޮތް ތަނެކެވެ.
މުޅި ރާއްޖެ އަށް ޕާސްޕޯޓް ހިދުމަތް ފުޅާކުރަން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިހާތަނަށް ވަރަށް ގިނަ ރަށްރަށުގައި ހިދުމަތް ދޭން ފަށާފައިވެ އެވެ.
މިހާރު ރާއްޖޭގެ ހުރިހާ އަތޮޅަކުން ވެސް މި ހިދުމަތް އަންނަނީ ދެމުންނެވެ.
މުޅި ރާއްޖެ އަށް ޕާސްޕޯޓާއި އައިޑީ ކާޑުގެ ހިދުމަތް ފުޅާކުރުމުގެ މަޝްރޫއު އިފުތިތާހުކުރީ މިދިޔަ އަހަރުގެ ނޮވެންބަރު 16 ގަ އެވެ.