Last Updated: June 6, 17:49
Saturday, June 6, 2026
ޚަބަރު

އާ ޓާމިނަލްގެ ސީޕްލޭން ކައުންޓަރުތަކަށް އަހުލުވެރި ކުރަނީ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ގެ އަާ ޓާމިނަލްގެ ސީޕްލޭން ކައުންޓަރުތަކުން ޚިދުމަތް ދިނުމަށް ތައްޔާރުވުމުގެ ގޮތުން، އެ ކައުންޓަރުތަކަށް އޮޕަރޭޓަރުން އަހުލުވެރިކުރުމުގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ފަށައިފި އެވެ.

އ3 މަސައްކަތް ކުރިއަ ށްގެންދަނީ އާ ޓާމިނަލްގެ ސީޕްލޭން ޗެކިން ކައުންޓަރުތަކުން ޚިދުމަތްދޭން ފެށުމަށްޓަކައި، އޮޕަރޭޓަރުންނަށް ބޭނުންވާ ތަމްރީނު ދިނުމުގެ ގޮތުންނެވެ.

އެމްއޭސީއެލުން ބުނީ އާ ޓާމިނަލްގެ ސީޕްލޭން ޗެކިން ކައުންޓަރުތަކުން ޚިދުމަތް ދޭން ފެށުމަށް، ދެ އެއާލައިނެއްގެ އޮޕަރޭޓަރުން އަހުލުވެރި ކުރުމަށް ޓްރަޔަލްއެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެއީ ގައުމީ އެއާލައިން މޯލްޑިވިއަން އާއި ވިލާ އެއާގެ ފްލައި މީ އެވެ.

މި މަސައްކަތަކީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޝަން ރާއްޖޭގައި އޮތުމާއެކު، އެ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރާ މަސައްކަތެއް ކަމަށް އެމްއޭސީއެލުން ބުންޏެވެ.

ވީއައިއޭގެ އާ ޓާމިނަލްގައި ސީޕްލޭނަށް 24 ޗެކިން ކައުންޓަރު ގާއިމުކޮށްފައިވެ އެވެ.