Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

އެއާޕޯޓް ޓެކްހަށް 3.5 ބިލިއަން ރުފިޔާ ލިބިއްޖެ

އެއާޕޯޓް ޓެކުހާއި ފީ (އޭޓީއެފް) ގެ ގޮތުގައި މި އަހަރު ދައުލަތަށް 3.5 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 11 ގެ ނިޔަލަށް ޑިޕާޗާ ޓެކްސްގެ ގޮތުގައި 1.74 ބިލިއަން ރުފިޔާ އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ގެ ގޮތުގައި 1.76 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ޑިޕާޗާ ޓެކްސްގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނީ އެއް ބިލިއަނެވެ. ރުފިޔާ އެވެ. އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައިވެސް ލިބުނީ އެ ވަރުފެ އާމްދަނީއެކެވެ.

ޑިޕާޗާ ޓެކުހުން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި ޓްރާންސިޓް ފަސިންޖަރުންނާއި، އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިން ހިމެނެ އެވެ.

އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އިން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންގެ ތެރެއިން "ޑައިރެކްޓް ޓްރާންސިޓް" ފަސިންޖަރުން ހިމެނެ އެވެ.

ޑިޕާޗާ ޓެކުހާއި އޭޑީއެފް ނަގާ ރޭޓަށް ބަދަލު ގެނައީ މިދިޔަ އަހަރުގެ ޑިސެމްބަރު 1 ގަ އެވެ.