Last Updated: July 8, 17:09
Wednesday, July 8, 2026
ޚަބަރު

މަރުވެފައި އޮތް މީހަކު ކަނޑުމަތިން ފެނިއްޖެ

ފުލުހުން ކަނޑުމަތީގައި ހަރަކާތްތެެރިވަނީ- ފޮޓޯ: ފުލުހުން

ގުޅީފަޅު ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.

ފުލުހުން ބުނީ އެ މީހާ ފެނިފައިވާކަމުގެ މައުލޫމާތު މިއަދު މެންދުރު 13:21 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މީހާގެ ހަށިގަނޑު ކަނޑުން ނަގައި އައިޖީއެމް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައި ކަމަށާ މަރުވެފައި އޮއްވައި ފެނިފައިވަނީ ބިދޭސީ ފިރިހެނެއް ކަމަށް ވެސް ބުންޏެވެ.

މަރުވެފައިވާ އޮއްވާ ފެނިފައިވާ މީހާއަކީ ކާކުކަން މިހާރުވަނީ ދެނެގަނެވިފައި ކަމަށް ފުލުހުން ބުންޏެވެ.

މިމައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން ކަމަށާ އަދި މި މައްސަލައާ ގުޅިގެން މައުލޫމާތު ލިބޭ ވަރަކުން މައުލޫމާތު ހިއްސާކުރަމުން ގެންދާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.