Last Updated: July 8, 18:15
Wednesday, July 8, 2026
ޚަބަރު

އަންނަ އަހަރު ޑިޖިޓަލް އައިޑީއާއެކު ސްމާޓު އައިޑީ

އަންނަ އަހަރުގެ ތެރޭގައި ޑިޖިޓަލް އައިޑީއާ އެކު ސްމާޓު އަޑީކާޑު ވެސް ތަޢާރަފު ކުރަން ނިންމައިފި އެވެ.

މިއަދު ބޭއްވި ނޫސްވެރންގެ ބައްދަލުވެއްގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާމް ވިދާޅުވީ އަންނަ އަހަރުގެ ތެރޭގައި ޑިޖިޓަލް އައިޑީއާ އެކު ސްމާޓު އަޑީކާޑެއްގެ ޒަރިއްޔާއިން ރައްޔިތުންނަށް ޚިދުމަތްތަކެއް ފޯރުކޮށް ދެއްވާނެ ކަމަށެވެ.

"މި ވަގުތަށް ބަލާއިރު ދެލައްކަ ހަތްދިހަ ދެހާސް، އުމުރުން 10 އަހަރަށް ވުރެ ގިނަ ދިވެހިން ވަނީ އަޅުގަނޑުމެންގެ ޑިޖިޓަލް އައިޑީ ނިޒާމުގެ ތެރެއަށް ގެނެވިފައި، އެއީ ރާއްޖޭގެ އެ އާބާދީގެ 80 އިންސައްތަ. އަޅުގަނޑު ހަމަ ފާހަގަކޮށްލާނަން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި ގުޅިގެން ހަމަ ފާހަގަކުރެވޭ ޑިޖިޓަލް އައިޑީގެ ނިޒާމުގެ ތެރެއަށް ވަންނަ ތަން،" އިހްސާން ވިދާޅުވ އެވެ. "އަދި އެ ނިޒާމުގެ ތެރެއަށް ވަދެ އެ ބޭނުންކުރެވިގެން ސަަރުކާރުގެ އެކިއެކި އިދާރާތަކުން ދޭ ޚިދުމަތްތައް ފުޅާ ދާއިރާއެއްގައި އެ ބޭފުޅުންނަށް ބޭނުންކުރުމުގެ އެކްސެސް މިހާރު ލިބޭނެ."

މިނިސްޓަރު ވިދާޅުވީ ވަންގަވް ނިޒާމުގެ ތެރެއަށް ސަރުކާރުގެ 17 އިދާރާއެއް މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ޑިޖިޓަލައިޒްވެއްޖެ ކަމަށެވެ. އަދި ޑޭޓާ އެކްސްޖޭންޖް ލޭޔާގެ މަސައްކަތްތަކާ އެކު ދައުލަތުގެ އެކި އިދާރާތައް ވަކިވަކިން ސިސްޓަމްތަކެއް ހަދައިގެން އޮޕަރޭޓް ކުރާ ކުރުން ނިމުމަކަށް އަންނާނެ ކަމަށް ވިދާޅުވި އެވެ.

"މިކަމުގެ ނަތީޖާއަކީ އާންމު ރައްޔިތުން ވަކި ވަކި އިދާރާތަކަށް ޚިދުމަތް ހޯދުމަށް އެދޭއިރު އެއް އިދާރާއަކުން ދީފައި ހުންނަ މައުލޫމަތު އަނެއް އިދާރާއަށް ފޯރުކޮށް ދޭން ޖެހޭ ހާލަތު އެއްކޮށް ނިމިގެންދިޔުން. ރައްޔިތު މީހާ ޙިދުމަތަކަށް އެދޭއިރު އޭނާގެ އައިޑީ ކާޑު ޖެހުމަށް ފަހުގަ އޭނާ އެ ހޯދާ ޚިދުމަތެއް ސިސްޓަމްގެ ތެރެއިން ފެނިގެންދާނެ. ރައްޔިތުންނަށް ލިބޭނެ ފަސޭހަ ވަރަށް ބޮޑުވާނެ." އިހްސާން ވިދާޅުވި އެވެ.

ދައުލަތުގެ ހުރިހާ މުއައްސަސާތައް ޑިޖިޓަލައިޒްކުރުމަށް ކުރިއަށް ގެންދާ 'މޯލްޑިވްސް 2.0' ގެ ދަށުން ހުރިހާ ޚިދުމަތެއް ޑިޖިޓަލައިޒްކޮށް ފޯރުކޮށް ދޭން ފެށި ސަރުކާރުގެ ފުރަތަމަ އިދާރާ އަކީ އިމިގްރޭޝަނެވެ.