Last Updated: July 8, 18:15
Wednesday, July 8, 2026
ޚަބަރު

ޗައިނާ އިން ޕީޖީ އޮފީހަށް ކޮމްޕިއުޓަރުތަކެއް ހަދިޔާކޮށްފި

ޗައިނާ ސަރުކާރުން ޕްރެސެކިއުޓާ ޖެނެރަލްގެ އޮފީހަށް ކޮމްޕިއުޓަރު ސާމާނުތަކެއް ހަދިޔާކޮށްފި އެވެ.

ޕީޖީ އޮފީހުން ބުނީ އެ އެ އޮފީހަށް ޗައިނާ ސަރުކާރުގެ ފަރާތުން ހަދިޔާ ކުރީ ލެޕްޓޮޕްތަކަކާއި ކޮމްޕިއުޓަރު ސިސްޓަމްތަކެއް ކަމަށެވެ. އެކަމަކު. އެއީ ކިހާ އަދަދެއްގެ ތަކެތި ކަމެއް ހާމައެއް ނުކުރެ އެވެ.

ޕީޖީ އޮފީހުން ބުނީ މިއީ އެތަނުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ މަސައްކަތްތައް ވަރުގަދަކޮށް، ކަރުދާސް ބޭނުން ކުރުން މަދު، ހަރުދަނާ މަސައްކަތުގެ މާހައުލެއް ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް، ކަމަށެވެ.

ޕީޖީ އޮފީހުގެ ފަރާތުން ތަކެއްޗާ އިއްޔެ ހަވާލުވެވަޑައިގަތީ ޕްރެސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފެވެ. ޗައިނާގެ ފަރާތުން ތަކެތި ހަވާލުކޮށް ދެއްވީ ރާއްޖޭގައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާ އެވެ.

ޗައިނާ އަކީ ރާއްޖެ އަށް އެކި ގޮތްގޮތުން ވަރަށް ބޮޑަށް އެހީވަމުން އަންނަ ގައުމެކެވެ.