Last Updated: July 8, 17:40
Wednesday, July 8, 2026
ދުނިޔެ

އެމެރިކާ އިން ޓައިވާނަށް 11 ބިލިއަން ޑޮލަރުގެ ހަތިޔާރު

އެމެރިކާ އިން ޓައިވާނަށް 11 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަން ނިންމައިފި އެވެ.

ޓްރަމްޕްގެ ސަރުކާރުން އިއުލާން ކުރި މި މުއާމަލާތުގެ ދަށުން އެންމެ ޒަމާނީ އެކި ބާވަތުގެ ހަތިޔާރު ވިއެޓްނާމަށް ފޯރުކޮށް ދޭން ނިންމާފައިވެ އެވެ. މިކަމާ ގުޅިގެން ޓައިވާންގެ ޑިފެންސް މިނިސްޓްރީން އެމެރިކާ އަށް ޝުކުރު އަދާކޮށް، ބުނީ މިއި އެ ގައުމުގެ ދިފާއީ ބާރު ވަރުގަދަ ކުރުމަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށެވެ.

ނަމަވެސް މިކަމަށް އަދި އެމެރިކާގެ ކޮންގްރެސްގެ ރުހުން ބޭނުންވެ އެވެ.

މިއީ މި އަހަރުގެ ޖެނުއަރީ މަހު ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް ވަޑައިގަތް ފަހުން ޓައިވާނަށް ހަތިޔާރު ވިއްކަން ނިންމެވި ދެވަނަ ފަހަރެވެ.

އެމެރިކާގެ މި ނިންމުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ޗައިނާ އިން ބުނީ ޓައިވާނަށް އެމެރިކާ އިން ހަތިޔާރު ފޯރުކޮށް ދިނުމަކީ އެ ގައުމުގެ ސަލާމަތާއު ރައްކާތެރިކަމާއި އިސްތިގުލާލަށް ނުރައްކާ ވެދާނެ ކަމެއް ކަމަށެވެ.