Last Updated: July 8, 18:15
Wednesday, July 8, 2026
މުނިފޫހިފިލުވުން

ކާތިކާއި އަނަންޔާގެ ފިލްމުގެ ޓްރެއިލާ މިއޮތީ

ކާތިކް އާރިއަނާއި އަނަންޔާ ޕާންޑޭ އެކީގައި ކުޅުނު ދެވަނަ ފިލްމު "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.

ކަރަމް ޖޯހަރްގެ ޕްރޮޑަކްޝަންގެ މި ރޮމޭންޓިކް ކޮމެޑީ އަކީ މި މަހުގެ 25 ގައި ސިނަމާތަކަށް ގެންނަން ނިންމާފައި އޮތް ފިލްމެކެވެ.

"ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" އަކީ ދަރުމާ އަށް ކާތިކްގެ ފުރަތަމަ ފިލްމެވެ. މަގުބޫލު ސްކްރީން ޖޯޑެއްގެ ގޮތުގައި މިހާރު ފާހަހަގަކޮށްލެވޭ ކާތިކާއި އަނަންޔާ އެކީގައި ކުޅުނު ފުރަތަމަ ފިލްމަކީ 2019 ގެ "ޕަތީ، ޕަތުނީ އޯރް ވޯ" އެވެ.

ޒަމާނީ ލޯބީގެ ވާހަކައެއް ކިޔައިދޭނެ "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" ގެ ޑައިރެކްޓަކީ ސަމީރު ވިދުވަންސް އެވެ އޭނަ އަކީ ކާތިކާއި ކިއާރާ އަދުވާނީގެ 2023 ގެ "ސަތިއަޕްރޭމް ކީ ކަތާ" ގެނެސްދިން ޑައިރެކްޓަރު ވެސް މެ އެވެ.